މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިން ހޯދުމާގުޅޭ

ރ. މާކުރަތު ޕްރީ ސްކޫލް އެޅުމަށް ހަމަޖެހިފައިވާ ބިމުގައި ހުރި ރުއްގަހުގެ ވެރިން ހޯދުމަށް ބޭނުންވެއެވެ. ޕްރީ ސްކޫލު އެޅުމަށް ހަމަޖެހިފައިވަނީ ރ. މާކުރަތު ސްކޫލުގެ ދެކުނުން ފުޓްބޯޅަދަނޑުގެ އިރުމަތިން، ސޯމާ އެވެ ކިޔާގޯތީގެ ހުޅަނގުން އޮތް ބިމުގައެވެ. އެ ސަރަޙައްދުގައި ހުރި ރުއްގަހުގައި މި ކައުންސިލުން ހުދުދަވާދުން ވާނީ ނަންބަރު ޖަހާފައެވެ.

ވީމާ، މި ރުއްގަހުގެ ވެރިޔަކު ވާނަމަ 11 ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 14:00 ގެ ކުރިން ލިޔުމަކުން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

06 ޛުލްޤަޢިދާ 1435

02 ސެޕްޓެންބަރު 2014
ހޯދާ