އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އީދިގަލި ކިޅި ސަރަހައްދަށް ވަދެނިކުމެއުޅުމާއި، ގޮނޑުދޮށުން ވެލިނެގުމާއި، ކުނިއެޅުން މަނާކުރުމާބެހޭ

އައްޑޫސިޓީ ހިތަދޫ އީދިގަލި ކިޅި ސަރަޙައްދަކީ ޤާނޫނު ނަންބަރު 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ޙިމާޔަތްކުރުމުގެ ޤާނޫނު) ގެ ދަށުން ޙިމާޔަތް ކުރެވިފައިވާ ސަރަޙައްދެކެވެ. މިސަރަޙައްދު ވަކިކުރުމަށްޓަކައި ފެންސް ޖެހުމުގެ މަސައްކަތް މިހާރުދަނީ ކުރެވެމުންނެވެ. މިސަރަޙައްދަކީ މީގެކުރިންވެސް ކުނިއެޅުމާއި، ގަސްކެނޑުން، ފަޅުން ބޮލިހިލުމާއި، ގޮނޑުދޮށުން ގައު، އަކިރި، ވެލި ނެގުން މަނާކުރެވިފައިވާ ސަރަޙައްދެކެވެ.

ވީމާ، މިސަރަޙައްދަށް ކުނިއެޅުމާއި، ގަސްކެނޑުން، އަދި ގޮނޑުދޮށުން ގައު، އަކިރި، ވެލި ނެގުމާއި، ކޮންޓްރެކްޓަރުގެ ހުއްދަނެތި، އެސަރަޙައްދަށް އިންޖީނުލީ ވެހިކަލްތަކުގައްޔާއި، އެނޫންވެސް ގޮތްގޮތަށް ވަދެއުޅުމަކީ މަނާކަމެކެވެ.  މިއާ ޚިލާފަށް މިސަރަޙައްދަށް ކުނި އަޅައި، ގަލާއި ވެލި ނަގައި، ބޮލި ހިލައި، އަދި ހުއްދަ ނުނަގާ ވަދެނުކުމެހަދާ ފަރާތްތަކާމެދު، ޙަވާލާދެވިފައިވާ ޤާނޫނުގެ ދަށުން ހެދިފައިވާ " ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި، ބަދަލު ހޯދުމުގެ ގަވާއިދު"ގެ ދަށުން ފިޔަވަޅު އަޅާނެވާހަކަ ދެންނެވީމެވެ.  

09 ޛުލްޤަޢިދާ 1435                                               

04 ސެޕްޓެންބަރު 2014
ހޯދާ