ޑިޕާޓްމަންޓް އޮފް ހެރިޓޭޖް
ދިވެހިރާއްޖެ
ޤައުމީ ދާރުލްއާސާރާއި އުތީމު ގަނޑުވަރަށް ވަނުމުގެ ޓިކެޓް އަގުތަކަށް ބަދަލު ގެނައުން

ޤައުމީ ދާރުލްއާސާރާއި އުތީމު ގަނޑުވަރަށް ވަނުމުގެ ޓިކެޓް އަގުތަކަށް ވަނީ ބަދަލު ގެނެސްފައެވެ.

ވީމާ، 2014 ސެޕްޓެންބަރު 15 ވާ ހޯމަ ދުވަހުން ފެށިގެން ޤައުމީ ދާރުލްއާސާރު އަދި އުތީމު ގަނޑުވަރު ބެއްލެވުމަށް ވަޑައިގެންނަވާ ފަރާތްތަކަށް ޓިކެޓްތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ތިރީގައިވާ ތާވަލާ އެއްގޮތަށް ކަމަށް ޢާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.

ޤައުމީ ދާރުލްއާސާރު އަދި އުތީމު ގަނޑުވަރަށް ވަނުމުގެ ޓިކެޓް އަގުތައް

އުމުރުފުރާތައް

އަގުތައް

ދިވެހިން (16 އަހަރުން މަތި)

20.00

ދިވެހިން (5 އަހަރާއި 16 އަހަރާއި ދެމެދު)

10.00

ބިދޭސީން (16 އަހަރުން މަތި)

100.00

ބިދޭސީން (5 އަހަރާއި 16 އަހަރާއި ދެމެދު)

20.00

ސްކޫލް ކުދިން (18 އަހަރުން ދަށް)

ހިލޭ

ފޮޓޯނެގުމުގެ ޓިކެޓް

10.00

އަދި ދަންނަވަމެވެ. ސްކޫލް ކުދިންނަށް ޤައުމީ ދާރުލްއާސާރު ނުވަތަ އުތީމު ގަނޑުވަރަށް ހިލޭ ވަދެވޭނީ ސްކޫލުގެ ފަރާތުން އެކަމަށް އެދި ސިޓީ ފޮނުވުމުންނެވެ.

09  ޛުލްޤަޢިދާ 1435

04 ސެޕްޓެންބަރު 2014
ހޯދާ