ސެންޓަރ ފޮރ އޯޕަން ލާރނިންގ
ދިވެހިރާއްޖެ
ވާރކްޝޮޕެއްގެ ކެއުމުގެ ކަންތައް ހަމަޖައްސާނެ ފަރާތެއް ހޯދަން

ވާރކްޝޮޕެއްގެ ކެއުމުގެ ކަންތައް ހަމަޖައްސާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މި ސެންޓަރުގެ ފަރާތުން މިއަހަރުގެ ސެޕްޓެންބަރު 29 އިން އޮކްޓޫބަރު 2 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ވާރކްޝޮޕެއްގެ ކެއުމުގެ ކަންތައް ހަމަޖައްސައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 11 ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އަށް މި ސެންޓަރަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 14 ސެޕްޓެންބަރު 2014 ގެ ހެނދުނު 10:00 އަށް މި ސެންޓަރަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސެޝަނަށް ހާޒިރުނުވެ، ފަހުން މަޢުލޫމާތު ކަރުދާސް ގެންދާ ފަރާތްތަކަށްވެސް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނެއެވެ. ނަމަވެސް، އަންދާސީހިސާބު ބަލައިގަނެވޭނީ އެކަމަށް ކަނޑައެޅިފައިވާ ގަޑީގައި އެކަންޏެވެ.

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާކޮށްލަން ބޭނުންނަމަ އޮފީސް ގަޑީގައި 3345187 އަށް ގުޅުން އެދެމެވެ.

8 ޛުލްޤަޢިދާ 1435

03 ސެޕްޓެންބަރު 2014
ހޯދާ