ސެންޓަރ ފޮރ އޯޕަން ލާރނިންގ
ދިވެހިރާއްޖެ
ސްޓަޑީގައިޑް ލިޔުމަށް ބޭނުންވެއްޖެ

މިސެންޓަރުން ހިންގާ ބެޗްލަރ އޮފް ނަރސިންގ ކޯހުގެ ތިރީގައިވާ މާއްދާއަށް ސްޓަޑީގައިޑު ލިޔުމަށް ކުރެވުނު ނަންބަރު 29/IUL)COL/1/2014)ފ(20 އޮގަސްޓު 2014) އިޢުލާނާ ގުޅިގެން އެކަށީގެންވާ މިންވަރަށް އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އަލުން އެމާއްދާއަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 14 ސެޕްޓެންބަރު 2014 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 އަށް މިސެންޓަރަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 16 ސެޕްޓެންބަރު 2014 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 އަށް މިސެންޓަރަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސެޝަނަށް ހާޒިރުނުވެ، ފަހުން މަޢުލޫމާތު ކަރުދާސް ގެންދާ ފަރާތްތަކަށްވެސް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނެއެވެ. ނަމަވެސް އަންދާސީހިސާބު ބަލައިގަނެވޭނީ އެކަމަށް ކަނޑައެޅިފައިވާ ގަޑީގައި އެކަންޏެވެ. ސްޓަޑީގައިޑު ލިޔަން ބޭނުންވާ މާއްދާއަކީ:

1. އެޑްވާންސްޑް ކްލިނިކަލް ޕްރެކްޓިސަސް

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކޮށްލަން ބޭނުންނަމަ އޮފީސް ގަޑީގައި 3345187 އަށް ގުޅުން އެދެމެވެ.

                                  8 ޛުލްޤަޢިދާ 1435

03 ސެޕްޓެންބަރު 2014
ހޯދާ