ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ސީ.އެމް.ޑީ.އޭގެ ވެބްސައިޓް ޑިޒައިންކުރާނެ ފަރާތެއް ބޭނުންވެއްޖެ

މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 30 ސެޕްޓެންބަރު 2014 ވާ އަންގާރަ ދުވަހުގެ 14:00 އަށް މިމަސައްކަތާގުޅޭ ޓާރމްސް އޮފް ރިފަރެންސްގައިވާ (TOR ގޮތަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ. އަދި މިމަސައްކަތުގެ ތަފުސީލު ހިމެނޭ ޓާރމްސް އޮފް ރެފަރެންސް މިއޮތޯރިޓީގެ ވެބްސައިޓުން (http://cmda.gov.mv/docs/Website-Design-TOR-September-2014.pdf) ލިބެން ހުންނާނެއެވެ.

މިމަސައްކަތަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ވެބްސައިޓް ޑިޒައިންކުރުމާއި ޑިވެލޮޕްކުރުމަށް ލިބިފައިވާ ތަޖުރިބާ (މާކްސް ދެވޭނީ ވެބްސައިޓް ޑިވެލޮޕްކުރުމުގެ ޕޯޓް ފޯލިޔޯ އަދި ކޮމްޕްލެސިޓީއަށް ބެލުމަށްފަހުގައެވެ.)؛
  2. ވެބް ޕްރޮގްރާމުން އަދި ވެބް ޑިޒައިނިންގގެ ދާއިރާއިން ނޮލެޖް ހާސިލުކޮށްފައިވާ މިންވަރު (މިދާއިރާއިން ތަޢުލީމު އަދި ތަމްރީނު ލިބިފައިވާ މިންވަރު) ؛
  3. ވެބް ސެކިއުރިޓީ ޓެކްނޮލޮޖީއިން ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ؛
  4. އިނގިރޭސި އަދި ދިވެހިބަހުން ފުރިހަމައަށް މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން؛
  5. TOR ގައިވާ ޑެޑްލައިންއާ އެއްގޮތަށް އުފެއްދުންތެރި އައު ޚިޔާލު ބޭނުންކޮށްގެން ރަނގަޅު ފެންވަރެއްގައި މަސައްކަތް ފުރިހަމަ ކުރުމުގެ ޤާބިލުކަން.

މަޢުލޫމާތު ފޮނުވާނީ ތިރީގައިވާ އެޑްރެހަށް؛

އަލްފާޟިލާ ޢަޒްލީމާ އަޙުމަދު (ޑައިރެކްޓަރ ޖެނެރަލް) azu@cmda.gov.mv ނުވަތަ

ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ

MTCC ޓަވަރ، 4 ވަނަ ފަންގިފިލާ، ބޮޑުތަކުރުފާނުމަގު، މާލެ، ދިވެހިރާއްޖެ

އީ-މެއިލް:mail@cmda.gov.mv

ވެބްސައިޓް:www.cmda.gov.mv

އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގައި 3014124/ 3336619 ނަންބަރު ފޯނާއެވެ. 

08 ޛުލްޤަޢިދާ 1435

03 ސެޕްޓެންބަރު 2014
ހޯދާ