މަދަރުސަތުއް ޝައިޚް މުޙައްމަދު ޖަމާލުއްދީން
ދިވެހިރާއްޖެ
އެސިސްޓެންޓް ކޮމްޕިއުޓަރ ޓެކްނީޝަން

މަދަރުސަތުއްޝައިޚް މުހައްމަދު ޖަމާލުއްދީން ގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.

މަޤާމު

އެސިސްޓެންޓް ކޮމްޕިއުޓަރ ޓެކްނީޝަން

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް1

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1 

ރޭންކް

ޖީ.އެސް 3  

މުސާރަ

މަހަކު -/4465

ސާރވިސް އެލަވަންސް: މަހަކު -/1500

މަސައްކަތް ހަމަޖެހިފައިވާ ތަން:      

މަދަރުސަތުއްޝައިޚް މުހައްމަދު ޖަމާލުއްދީން / ފުވައްމުލައް

މަޤާމުގެ އަސާސީ ޝަރުޠު:

 

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

1- ސްކޫލުގެ ކޮމްޕިއުޓަރތައް އަޕްޑޭޓުކޮށް ބެލެހެއްޓުން.

2- ސްކޫލް ނެޓްވޯކު ބެލެހެއްޓުން.

3- ސްކޫލުގެ އިންޓަނެޓް ބެލެހެއްޓުން.

4- އެންޓިވައިރަސް އަޕްޑޭޓުކުރުން.

5- ކަޑައެޅިފައިވާ އުސޫލުން ކްލާސްތަކަށް ކޮމްޕިއުޓަރ ކިޔަވައިދިނުން.

6- ކޮމްޕިއުޓަރތަކުގެ ކޮންޑިޝަން ޗެކުކުރުން.

7- އެއްވެސް ކޮމްޕިއުޓަރަކަށް މައްސަލައެއް ދިމާވެއްޖެނަމަ ލަސްނުކޮށް ވެރިއަކަށް ދަންނަވައި އެމައްސަލަ ހައްލުކުރުން

8. އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ސްކޫލުގެ މުވައްޒަފުންނަށް ބޭނުންވާ ކަންކަމުގައި އެހީތެރިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބަލާނެ ކަންތައް

1. ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު

2. މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު

3. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް

ހުށަހަޅަންޖެހޭ ތަކެތި

 

1. ވަޒީފާއަށް އެދޭ ފޯމު

2. އެކްރެޑިޓް ކުރެވިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

3. މުއްދަތު ހަމަނުވާ އައި.ޑީ ކާޑުގެ ސާފު ކޮޕީ

4. ސިވިލް ސާރވިސް އަށް ނުވަތަ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން މި މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުވުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެމުވައްޒަފެއް ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް

5. ސިވިލް ސަރވިސްގެ ވަޒީފާ އަދާކުރައްވަމުން ގެންދަވާ މުވައްޒަފުން އެމުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާ އާއި ހާޒިރީ އަދި މަސައްކަތުގެ އަޚުލާޤު ހުރި ގޮތް ބަޔާންކޮށް ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ "މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީ އަދި މަސައްކަތުގެ އުޅުމާއި އަޚުލާޤު ބަޔާންކުރާ ފޯމު"

ސުންގަޑި

މި މަޤާމަށް ޝައުޤުވެރިވާ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން 14 ސެޕްޓެންބަރު 2014 ވާ އާދީއްތަ ދުވަހުގެ މެންދުރު 14.00 ގެ ކުރިން މަތީގައި ބަޔާންކޮށްފައިވާ ތަކެތި މި ސްކޫލަށް ހުށަހެޅުއްވުން އެދެމެވެ.

އިންޓަވިއު

މި މަޤާމަށް މީހުން ނެގުމަށް ހަމަޖެހިފައިވަނީ އިންޓަވިއު ކުރުމަށްފަހުގައެވެ. އިޢުލާނުގެ މުއްދަތު ހަމަވާތާ 07 ދުވަހުގެ ތެރޭގައި އިންޓަވިއު ބާއްވާނެ ތާރީޚާއި ވަގުތު އެނގޭނެއެވެ. އިންޓަވިއު އޮންނާނީ މަދަރުސަތުއްޝައިޚް މުހައްމަދު ޖަމާލުއްދީނުގައެވެ.

އަދި މި މަޤާމަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށް ވުރެ ގިނަނަމަ ވަޒީފާއަށް ކުރިމަތި ލައްވާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމެންޓް ކޮމެޓީއިން ކަނޑައަޅާ ކްރައިޓީރިއާ އެއްގެ ދަށުން ޝޯޓްލިސްޓު ކުރެވޭނެއެވެ. އަދި އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓު ކުރާއިރު ހޮވޭ ފަރާތްތަކާއެވެ.

އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުނަމަ 6862068 ނަންބަރާ ގުޅުއްވުން އެދެމެވެ. ވަޒީފާ އަށް އެދޭ ފޯމު ސްކޫލުގެ އޮފީހުގެ ކައުންޓަރުން ލިބެންހުންނާނެއެވެ.

 

 

 

 

01 ސެޕްޓެންބަރު 2014
ހޯދާ