ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
މަސައްކަތު

މަޤާމު:

މަސައްކަތު

ބޭނުންވާ އަދަދު:

1

މުސާރަ:

މަހަކު -/3،100 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1،000 ރުފިޔާ

އޮފީސް:

އެމް.އެން.ޔޫ ބިޒްނަސް ސްކޫލް

ޔުނިވަރސިޓީ އެލަވަންސް:

މަހަކު -/820 ރުފިޔާ

ކްލެސިފޭކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

ރޭންކް:

އެސް.އެސް 1

މަޤާމުގެ ޝަރުޠު:

 

  1. ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުން، ނުވަތަ
  2. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، އެސް.އެސް 1 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއްފެންވަރުގެ މަގާމެއްގައި 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން، ނުވަތަ އެ ފެންވަރުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއްކަމުގައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • އިމާރާތުގެ ގޯތިތެރެއާއި، ކިޔަވައިދިނުމަށް ބޭނުންކުރާ ތަންތަނާއި، މަސައްކަތްކުރާ ޖަގަހަތައް ފަދަ އިމާރާތުގައި ހިމެނޭ އެންމެހައި ތަންތަނާއި، އިމާރާތުގައި ހަރުކޮށްފައިވާ ފަންކާއައި، ބިއްލޫރިއާއި ފަރުނީޗަރުފަދަ ތަކެތި ދެމެހެއްޓެނިވިގޮތެއްގައި ހިރަފުސް ފޮޅައި ޞިއްޙީގޮތުން އެކަށީގެންވާ މިންވަރަށް ސާފުކުރުން.
  • ހަވާލުކުރެވިފައިވާ އޮފީސް ކޮޓަރިތައް ސާފުކޮށް ވަށިގަނޑުތައް އުކައިލުން.
  • ފާޚާނާތައް ސާފުކޮށް ދޮވުން.
  • ސާފުކޮށް ބަލަހައްޓަން ހަވާލުކޮށްފައިވާ ތަންތަން ހަފުތާއަކު ތިންފަހަރު މޮޕްލައިގެން ސާފުކުރުން.
  • ސާފުކޮށް ބަލަހައްޓަން ހަވާލުކޮށްފައިވާ ތަނެއްގައި ހަލާކުވެ ބޭނުންނުކުރެވޭފަދަގޮތަކަށް ހުރިކަމެއް ނުވަތަ އެއްޗެއް ފެނިއްޖެނަމަ އެކަމެއް ކަމާބެހޭ މުވައްޒަފެއްގެ ސަމާލުކަމަށް ގެނައުން.
  • ސައިކޮޓަރީގެ ތެރެއާއި މޭޒާއި ގޮނޑި ސިންކު ކަބަޑު ފަދަ ތަންތަން ރީތިކޮށް ސާފުކުރުން.
  • ފާޚާނާތަކުގައި ހުންނަންޖެހޭ ކަރުދާހާއި ސައިބޯނިފަދަތަކެތި ހަމަޔަށް ހުރޭތޯ ކަށަވަރުކޮށް، ނެތް އެއްޗެއްނަމަ ހަމަކުރުން.
  • ޢާންމުކޮށް މީހުން ނުވަންނަ ތަންތަން ހަފުތާއަކު އެއްފަހަރު ސާފުކުރުން.
  • ކްލާސްތަކާއި، އިމްތިޙާންތަކާއި ސެމިނާރު ފަދަ ކަންކަން ހިންގުމަށް ބޭނުންވާ ތަންތަން ތައްޔާރުކުރުން.
  • އެންމެން ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކުގައި ފުރިހަމައަށް ބައިވެރިވެ އެއްބާރުލުމާއެކު މަސައްކަތްކުރުން.
  • މިނޫންވެސް މަޤާމާ ގުޅޭގޮތުން ފެކަލްޓީން ހަވާލުކުރާ ކަންތައްތައް ކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުން ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  1. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (މުއްދަތު ހަމަނުވާ) (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލު)
  2. ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލު)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ އަސްލު)
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަރވިޔުކުރެވޭނީ އިޢުލާނުގައި ބަޔާންކޮށްފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއު ނިމުމަށްފަހުގައެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:   

11 ސެޕްޓެންބަރު 2014 ވާ ހޯމަދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345157 ނަންބަރު ފޯނާއެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، ވަޒީފާގެ އެއްބަސްވުން އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚްތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
04 ސެޕްޓެންބަރު 2014
ހޯދާ