ވަޒީފާއާބެހޭ ޓްރައިބިއުނަލް
ދިވެހިރާއްޖެ
އެޓެންޑެންސް ސޮފްޓްވެއަރއެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

މި ޓްރައިބިއުނަލަށް އެޓެންޑެންސް ސޮފްޓްވެއަރއެއް ގަތުމަށް ބޭނުންވެއެވެ.

ވީމާ، މިފަދަ ސޮފްޓްވެއަރއެއް މި ޓްރައިބިއުނަލަށް ސަޕްލައިކޮށްދޭން ބޭނުންފުޅުވާ ފަރާތްތަކުން 11 ސެޕްޓެންބަރު 2014 ވާ ވުރާސްފަތި ދުވަހުގެ 11:00 އަށް ގ.ފަތުރުވެހި (މަޓީބިލްޑިންގގެ 03 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 16 ސެޕްޓެންބަރު 2014 ވާ އަންގާރަ ދުވަހުގެ 11:00 އަށް (މަޓީބިލްޑިންގގެ 03 ވަނަ ފަންގިފިލާ) އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތުދެވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ މިޓްރައިބިއުނަލްގެ ފޯން ނަންބަރު:3308773 އަށް ގުޅުއްވުން އެދެމެވެ.

05 ޛުލްޤަޢިދާ 1435

31 އޮގަސްޓް 2014
ހޯދާ