މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ، ވޯޓަރ އެންޑް ސެނިޓޭޝަން

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

އެސިސްޓެންޓް ޑިރެކްޓަރ، ވޯޓަރ އެންޑް ސެނިޓޭޝަން

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އެމް. އެސް. 3 ( މެނެޖީރިއަލް ސަރވިސް 3 )

އެސިސްޓެންޓް ޑިރެކްޓަރ

މުސާރައާއި އިނާޔަތްތައް

މުސާރަ:  -/7,035 ރ ، ސަރވިސް އެލަވަންސް: -/2,000 ރ

( އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުޞޫލުން ފައިސާ ދެވޭނެއެވެ. )

ވަޒީފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

ކ. މާލެ / މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ/ ވޯޓަރ އެންޑް ސެނިޓޭޝަން ޑިޕާޓްމަންޓް

ބޭނުންވާ އަދަދު

01

ޝަރުޠު

  1. ވޯޓަރ/އެންވަޔަރަންމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ވޯޓަރ އެންޑް ސެނިޓޭޝަން ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. ވޯޓަރ/އެންވަޔަރަންމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ވޯޓަރ އެންޑް ސެނިޓޭޝަންގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ފެނާއި ނަރުދަމާއާ ގުޅޭ ސްޓޭންޑަރޑްސް އާއި ގައިޑްލައިންސް ތައްޔާރު ކުރުމާއި، ތައްޔާރު ކުރެވޭ ސްޓޭންޑަރޑްސް އަދި ގައިޑްލައިންސްއާ އެއްގޮތްވާ ގޮތުގެމަތިން ފެނާއި ނަރުދަމާ ނިޒާމުގެ ނެޓްވާރކްތައް ޑިޒައިންގކޮށް ޓެންޑަރ ޑޮކިއުމަންޓްސް ކަނޑައެޅިފައިވާ މުއްދަތުގައި ތައްޔާރު ކުރުމާއި އަދި އިސްވެ ހުންނެވި ވެރިޔަކު ޗުއްޓީ ނަންގަވައިފިނަމަ ސެކްޝަނާ ހަވާލުވެ މަސައްކަތް ކުރުން.
  2. ރަށްރަށުގައި ޤާއިމު ކުރެވޭ ފެނާއި ނަރުދަމާ ނިޒާމުގެ ޑިޒައިންތައް ރިވިއުކޮށް ކަނޑައެޅިފައިވާ މުއްދަތުގައި އިވެލުވޭޓް ކޮށް ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
  3. ރަށްރަށުގައި ޤާއިމު ކުރެވޭ ފެނާއި ނަރުދަމާ ނިޒާމުތައް ޑިޒައިން ކުރުމުގެ އެއްވެސް މައްސަލައެއް ހުށަހެޅިއްޖެނަމަ، އެ މައްސަލައެއް ހައްލު ކުރުމަށްޓަކައި ބޭނުންވާ ފަންނީ ލަފާ ކަނޑައެޅިފައިވާ މުއްދަތުގައި ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
  4. ޓެންޑަރަށް ހުށަހަޅަންޖެހޭ ޕްރޮޖެކްޓުތައް ކަނޑައެޅިފައިވާ ތާރީޚަށް ޓެންޑަރަށް ހުށަހެޅުމާއި ޕްރޮޖެކްޓުތަކާ ގުޅިގެން ދޭންޖެހޭ ކޮމެންޓް ދިނުމާއި ޓެންޑަރިން މަރުހަލާގައި ބައިވެރިވާންޖެހޭ މީޓިންތަކުގައި ގަވާއިދުން ބައިވެރިވުން.
  5. ރަށްރަށުގައި ޤާއިމު ކުރެވިފައިވާ ފެނާއި ނަރުދަމާ ނިޒާމުތައް ހިނގާ ނުހިނގާ ގޮތުގެ އެސެސްމެންޓް ތައްޔާރުކޮށް ތައްޔާރު ކުރެވޭ މަޢުލޫމާތު ދޭންޖެހޭ ފަރާތްތަކަށް އެ މަޢުލޫމާތު ލުއިފަސޭހަ ގޮތެއްގައި ލިބޭނެ އިންތިޒާމް ހަމަޖެއްސުމާއެކު އެކި ފަރާތްތަކަށް ދޭންޖެހޭ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކުގެ ލަފަޔާއެކު ކަނޑައެޅިފައިވާ ގޮތުގެމަތިން އެފަރާތްތަކަށް ފޯރުކޮށް ދިނުން.
  6. އެހެނިހެން ޤައުމުތަކުގައި ޤާއިމުކޮށްފައިވާ ފެނާއި ނަރުދަމާ ނިޒާމްތަކުގެ ޓެކްނޮލަޖީ އެނަލައިސްކޮށް، ދިވެހިރާއްޖޭގައި އެފަދަ ނިޒާމްތައް ޤާއިމު ކުރުމާ ގުޅޭ ގޮތުން ދިރާސާކޮށް އެއްކުރެވޭ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކަށް ކަނޑައެޅިފައިވާ މުއްދަތުގައި ފޯރުކޮށް ދިނުން.
  7. ރާއްޖެއާއި ރާއްޖޭން ބޭރުގައި ބޭއްވޭ ފެނާއި ނަރުދަމާއާ ބެހޭ ސެމިނަރ އަދި ޖަލްސާފަދަ ކަންކަމުގައި ބައިވެރިވެ ތައްޔާރު ކުރަންޖެހޭ ރިޕޯޓު ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ދުވަހުން ދުވަހަށް ފޮނުވުން.
  8. ޔުނިޓުން ކުރިއަށް ގެންދާ މަސައްކަތާ ގުޅިގެން ދުވަހުން ދުވަހަށް އަންނަ ސިޓީ، ރިޕޯޓު އަދި އެހެނިހެން ލިޔެކިޔުންތައް ބަލައި، އެ ލިޔެކިޔުންތަކަށް ދޭންޖެހޭ ޖަވާބެއް ނިންމައި ސެކްޝަންގެ މުވައްޒަފުންނާ ދުވަހުން ދުވަހަށް މަސައްކަތް ހަވާލުކުރުން.
  9. ޔުނިޓުގެ މުވައްޒަފުންނާއި ބޭރުގެ ކޮންސަލްޓެންޓުންނަން ބޭނުންވާ މަސައްކަތުގެ މާހައުލު ތަނަވަސްކޮށްދީ މަސައްކަތް ކުރެވޭގެ މަގުތައް ތަނަވަސް ކޮށްދިނުން.
  10. އެއް އަހަރުން އަނެއް އަހަރަށް ތައްޔާރުކުރަންޖެހޭ ބަޖެޓާއި އަހަރީ ރިޕޯޓު ތައްޔާރު ކުރުމަށް ޑިޕާރޓްމަންޓުގައި އިސްވެ ހުންނެވި ބޭފުޅަކު މަސައްކަތް ކުރައްވަމުން ދާހިނދު އެ ފަރާތަކަށް ބޭނުންވާ އެހީތެރިކަމަކަށް އެދިއްޖެ ހިނދެއްގައި އެހީތެރިކަން ދެއްވުމާއި ބަޖެޓާއި އަހަރީ ރިޕޯޓު ހެދުމުގައި އަމަލީ ގޮތުން ބައިވެރިވުން.
  11. ދުވަހުން ދުވަހަށް ސެކްޝަންގެ މުވައްޒަފުންގެ މަސައްކަތްތައް ބަލައި، ސުޕަވައިޒް ކުރަންޖެހޭ މުވައްޒަފުންގެ ޕާރފޯމަންސް ބެލުމަށްޓަކައި އަހަރަކު 3 ފަހަރު ސުޕަވައިޒް ކުރެއްވުމާއި، ސުޕަވައިޒް ކުރާ މުވައްޒަފުންގެ "ވާރކްލޯޑް" ގަވާއިދުން ބެއްލެވުމާއި، ކުރެވޭ މަސައްކަތްތަކާ ގުޅިގެން ދޭންޖެހޭ ލީޑަރޝިޕް، ގައިޑެންސް މުވައްޒަފުންނަށް ދިނުމާއި މުވައްޒަފުންނަށް، ބޭނުންވާ ވަސީލަތްތައް ހޯދައިދިނުމުގައި މަގުފަހި ކޮށްދިނުމާއި، ދިމާވާ ފަންނީ އަދި އެހެނިހެން މައްސަލަތައް ޙައްލުކުރުމުގައި އެހީތެރިވެ ދިނުން.
  12. މީގެ އިތުރުން ޔުނިޓުން ކުރިއަށް ގެންދާ މަޝްރޫޢުތަކާ ބެހޭ އެހެނިހެން މަސައްކަތްތައް ވެސް ކަނޑައެޅިފައިވާ މުއްދަތަށް ނިންމައި ޒިންމާދާރު ގޮތެއްގައި އެކަންކަން ކުރުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި މިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  1. ފެނާއި ނަރުދަމާ ނުވަތަ ގުޅުންހުރި ދާއިރާގައި މަސައްކަތް ކޮށްފައިވާ މިންވަރު
  2. ފެނާއި ނަރުދަމާ ނުވަތަ ގުޅުންހުރި ދާއިރާއަކުން މަޝްރޫޢުތައް ވިލަރެސްކޮށް ތަންފީޒު ކުރުމުގައި ލިބިފައިވާ ތަޖުރިބާ.
  3. ބޭރުގެ ތަފާތު ފަރާތްތަކާއި ގުޅިގެން މަސައްކަތް ކޮށްފައިވާ މިންވަރު.
  4. ފެނާއި ނަރުދަމާ ނުވަތަ ގުޅުން ހުރި ދާއިރާއަކުން ތަޢުލީމު ހާސިލުކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  5. ވަޒީފާއާބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާބެހޭ ގަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ވެސް ކުރެވޭނެއެވެ.)
  • ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ.
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓު ކުރެވޭނެއެވެ.

  • ސުންގަޑި: 10 ސެޕްޓެންބަރު 2014 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް.
  • އިންޓަވިއު އާއި އިމްތިޙާނު ކުރުން 11 ސެޕްޓެންބަރު 2014 އާއި 1 އޮކްޓޫބަރު 2014 އާ ދޭތެރޭގައި މި މިނިސްޓްރީގައި އޮންނާނެއެވެ.

                        6  ޛުލްޤަޢިދާ  1435  

01 ސެޕްޓެންބަރު 2014
ހޯދާ