މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ވީޑިއޯ ސްޓޫޑިއޯގައި މަސައްކަތް ކުރާނެ ކޮންސަލްޓެންޓެއް ހޯދުން

އިޢުލާން

މި މިނިސްޓްރީގެ ވީޑިއޯ ސްޓޫޑިއޯގައި ކޮންޓްރެކްޓް އުޞޫލުން މަސައްކަތްކުރުމަށް ކޮންސަލްޓެންޓެއް ހޯދުން

މި މިނިސްޓްރީގައި ޤާއިމުކުރެވޭ ވީޑިއޯ ސްޓޫޑިއޯއަށް ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރާނެ ކޮންސަލްޓެންޓެއް ހޯދަން ބޭނުންވެއްޖެއެވެ.

ބޭނުންވާ އަދަދު: 01

މަސައްކަތުގެ މުއްދަތު: 01 އަހަރު

ފެންވަރު ނުވަތަ ޝަރުޠު

ހ- މަސައްކަތްކުރުމުގެ ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގެ ދިވެހި އިސްލާމް ދެމާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު މަދުވެގެން ފަސް މާއްދާއިން ފާސްވެފައިވުން. ނުވަތަ،

ށ- މަޤާމާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ޒިންމާ ނުވަތަ މަސްއޫލިއްޔަތު

ހ- މި މިނިސްޓްރީން އިން ޤާއިމުކުރާ "އިސްލާމިކް ސްޓޫޑިއޯ" ގައި ކުރަންޖެހޭ މަސައްކަތްތަކަށް ބޭނުންވާ އިދާރީ އަދި ޓެކްނިކަލް ލަފާދިނުން

ށ- މިނިސްޓްރީން ތައްޔާރުކުރަން ބޭނުންވާ ވީޑިއޯ ޕްރޮގްރާމްތަކާއި ފިލްމުތައް ތައްޔާރުކުރުމަށް ބޭނުންވާ ކޮންސެޕްޓްތައް އެކުލަވައިލައި، އެކޮންސެޕްޓްތަކަށް ވީޑިއޯ ތައްޔާރުކުރުމަށް ބޭނުންވާ ތަކެތި ހޯދައި، ޕްރޮގްރާމް ތައްޔާރުކުރުން

ނ-މިނިސްޓްރީގެ އިވެންޓްތަކުގެ ވީޑިއޯ ކަވަރޭޖް ނަގައި ތައްޔާރުކުރުން

ރ- ޕަބްލިޝްކުރަން ބޭނުންވާ ޕަބްލިކޭޝަންތައް ތައްޔާރުކޮށް، ގްރެފިކްސް ހަދައި، ގުޅަން ޖެހޭ ފަރާތްތަކާ ގުޅައި ކަމާގުޅޭ އެންމެހައި ލިޔެކިޔުންތައް ފުރިހަމަކުރުން

ބ- އިސްލާމިކް ސްޓޫޑިއޯއަށް ބޭނުންކުރާ އިކުއިޕްމަންޓްތައް މެއިންޓެއިންކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން

ޅ- އިސްލާމިކް ސްޓޫޑިއޯއަށް ބޭނުންވާ ތަކެތި ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން

ކ- މަސައްކަތުގެ ސްޓޭޓަސް ކަމާބެހޭ ފަރާތްތަކަށް ރިޕޯޓުކުރުން

މުސާރަ ނުވަތަ އިނާޔަތް

މަހަކު -/12,000 ރުފިޔާ އަދި އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ.

މަސައްކަތްކުރަންޖެހޭ ވަގުތު

މަސައްކަޔްކުރަންޖެހޭނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 8:00 ން 15:00 އަށެވެ. މީގެ އިތުރުން އިތުރުގަޑީގައި މަސައްކަތް ކުރަންޖެހިއްޖެނަމަ އިތުރުގަޑީގައިވެސް މަސައްކަތް ކުރަންޖެހޭނެއެވެ.

ވީމާ، މި މަސައްކަތްކުރުމަށް އެދޭ ފަރާތްތަކުން 09 ސެޕްޓެންބަރު 2014 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރީން އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ސީ.ވީ އަދި އައިޑެންޓިޓީ ކާޑުގެ ކޮޕީއަކާއެކު ސިޓީއަކުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ހުށަހެޅުން އެދެމެވެ.

01 ޛުލްޤަޢިދާ  1435

27 އޮގަސްޓް 2014
ހޯދާ