ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރޮޖެކްޓް އޮފިސަރ

ޕްރޮޖެކްޓް އޮފިސަރ

އެމް.އެސް 1

މަޤާމު:

ރޭންކް:

ސީނިއަރ އޮފިސަރ ގްރޭޑް 1/ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ކްލެސިފިކޭޝަން

ތިމަރަފުށީ ކައުންސިލްގެއިދާރާ

އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލްސަރވިސަސް

އޮފީސް / އިދާރާ

ސެކްޝަން

ތިމަރަފުށީ ކައުންސިލްގެއިދާރާ

5610.00 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

މުސާރަ:

2,000.00 ރުފިޔާ

ސަރވިސް އެލެވަންސް:

ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ތިރީގައި މިދަންނަވާ އިނާޔަތްތައް ލިބޭނެއެވެ.

- އިތުރުގަޑީގެ ފައިސާ

- ރަމަޟާންމަހުގެ އިނާޔަތުގެ ފައިސާ

އެހެނިހެން އިނާޔަތްތައް:


 

 1

ބޭނުންވާ އަދަދު: 

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ
  3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން

މަޤާމުގެ ޝަރުޠުތައް: (ތަޢުލީމާއި ތަޖުރިބާ)

1- ރަށު ކައުންސިލަށް ބޭނުންވާ ޕްރޮޖެކްޓުތައް ހެދުމަށް، ބޭނުންވާ އެންމެހާ މަޢުލޫމާތު ތައް އެއްކޮށް ޕްރޮޖެކްޓުތައް ހަދައި ކައުންސިލަށް ހުށަހެޅުން.

2- ސަރުކާރުގެ ފަރާތުން ރަށުގައި ހިންގާ ޕްރޮޖެކްޓުތައް ބަލައި މޮނީޓާރކޮށް ގަވާއިދުން ހުށަހަޅަންޖެހޭ ތާރީޚުތަކަށް ރިޕޯޓުތައް ތައްޔާރުކޮށް ހުށަހެޅުން.

3- ރަށުގެ ފެނާއި، ކަރަންޓާއި، ނަރުދަމާއާއި، ވިޔަފާރިއާއި އިންޑަސްޓްރިއަލް މަސައްކަތާއި، އެއްގަމާއި ކަނޑުއުޅަނދު ފަހަރާއި، މަގުމަތީ ޓްރެފިކްއާއި، އާމްދަނީ ހޯދުމަށް ކުރާ އެންމެހާ މަސައްކަތްތަކާއި، ކުނި އުފެދޭ ގޮތާއި އަދި ކުނި ނައްތާލެވޭ ގޮތާއި، ކުޅިވަރާއި ކުޅިވަރު ކުޅޭ ތަންތަނާ ބެހޭ އެންމެހާ މަޢުލޫމާތު އެއްކޮށް، މިފަދަ މަޢުލޫމާތުތައް ހިމެނޭ ޑާޓާ ބޭސް އެއް ތައްޔާރުކޮށް ގަވާއިދުން އަޕްޑޭޓު ކޮށް ބެލެހެއްޓުން.

4- ރަށުގެ ލޭންޑް ސްކޭޕް ޕްލޭންކޮށް ޑިޒައިންކޮށް ތައްޔާރުކުރުން.

5- ހިއުމަން ރިސޯސް ޕްލޭން ކުރުމާއި ރަށުގެ ބިޒްނަސް ޕްލޭން ހެދުމުގައި ކައުންސިލަށް ބޭނުންވާ ލަފާ ދިނުން.

6- އެކި ކަންކަމުގެ ކައުންސިލަށް ބޭނުންވާ ތަފާސްހިސާބު ތަކުގެ ރިޕޯޓުތައް ހަދައި ހުށަހެޅުން.

7- މީހުން ދިރިއުޅުމަށާއި އަދި އެހެން ބޭނުންތަކަށް ރަށުގައި ބުރިބުރިއަށް އިމާރާތްކުރެވޭ ތަންތަނުގެ ފެންވަރު ބަލައި މޮނީޓާރ ކުރުން.

8- ރަށުކައުންސިލް ބެލުމުގެ ދަށުގައިވާ އެންމެހާ އިމާރާތްތަކާއި، ތަންތަނާއި، ބަނދަރާއި ޕަބްލިކް ޕާރކް ފަދަ ތަންތަން މަރާމާތު ކުރުމަށް ބޭނުންވާ ޕްރޮޖެކްޓުތައް ހަދައި ކައުންސިލަށް ހުށަހެޅުން. (މެއިންޓެނެންސް ޕްރޮޖެކްޓް)

9- ދިމާވާ އެކި އެކި ހާދިސާތަކާއި ކާރިސާ ތަކުން ލިބޭ ގެއްލުމުގެ ތަފްސީލް ރިޕޯޓު ހަދައި ކައުންސިލަށް ހުށައެޅުން.

 

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތު



 

10 ސެޕްޓެންބަރު 2014 ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިމަރަފުށީ ކައުންސިލްގެ އިދާރާއަށް 

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:  

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

_ ވަޒީފާއަށް ޝަރުޠު ހަމަވުން (% 11)

_ ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިންސައްތަ %38)

_ މަސައްކަތު ތަޖުރިބާ  (ކަނޑައެޅިފައިވާ އިންސައްތަ %8)

_ އިންޓަވިއު އަދި ޕްރެސެންޓޭޝަން  (ކަނޑައެޅިފައިވާ އިންސައްތަ %43)

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ދިވެހި ސިވިލް ސާރވިސްގެ ވަޒީފާއަށް އެދޭ ފޯމު) (އެޕްލިކޭޝަން ފޯމު www.csc.gov.mv)) އަދި ތިމަރަފުށީ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (އަސްލާ އެއްގޮތް ކޮޕީ).
  4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ
  5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  6. ވަޒީފާއަށް އެދި ހުށަހެޅުއްވި ލިޔުންތަކުގެ ލިސްޓު

ޝޯޓްލިސްޓު ކުރުމާއި އިންޓަވިއު ކުރުން

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު 24 ސެޕްޓެންބަރު 2014 އާއި 30 ސެޕްޓެންބަރު 2014 އާ ދެމެދުގައި ތިމަރަފުށީ ކައުންސިލްގެ އިދާރާގައި އޮންނާނެއެވެ.

 

 

 

 

 

 

 

 

 

 

 

 

 

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6780702 ނަންބަރު ފޯނާއެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ.

28 ޝައްވާލު 1435

24 އޮގަސްޓް 2014
ހޯދާ