މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ޓަގުބޯޓެއްގައި އަޅާނެ 02 (ދޭއް) އިންޖީނު ގަންނަން

މި ކުންފުނީގެ ބޭނުމަށް ޓަގުބޯޓެއްގައި އަޅާނެ 02 (ދޭއް) އިންޖީނު ގަންނަން ބޭނުންވެއެވެ.

ވީމާ، އިންޖީނު ވިއްކަވަން ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކަށް މި ބީލަމުގެ ބީލަން ފޮތްތައް 04 ސެޕްޓެންބަރު 2014 އިން 14 ސެޕްޓެންބަރު 2014 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 15:30 އަށް މި ކުންފުނީގެ ފައިސާ ބަލައިގަންނަ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. ބީލަން ފޮތެއްގެ އަގަކީ -/500 ރ (ފައްސަތޭކަ ރުފިޔާ) އެވެ. ފައިސާ ދެއްކެވުމުން ބީލަން ފޮތުގެ ސޮފްޓްކޮޕީ ލިބިވަޑައިގަންނަވާނެއެވެ. މި ޕްރޮޖެކްޓްގެ ޕްރީބިޑް މީޓިންގ އޮންނާނީ 21 ސެޕްޓެންބަރު 2014 ވާ އަންގާރަ ދުވަހުގެ 14:00 ގައި، މި ކުންފުނީގެ ހެޑްއޮފީހުގައެވެ.

ބީލަން ހުށަހަޅާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި -/25000ރ ބަހައްޓަންވާނެއެވެ. އަދި ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި ބިޑްކުރާ ފައިސާގެ ޖުމްލަ އަގުގެ ބަހައްޓަން ޖެހޭނެއެވެ.

އަދި، އަންދާސީހިސާބުތައް ހުޅުވުން އޮންނާނީ 28 ސެޕްޓެންބަރު 2014 ވާ ހޯމަ ދުވަހުގެ 14:00 ގައި މި ކުންފުނީގެ ހެޑް އޮފީހުގައެވެ. ބިޑްތައް ހުށަހަޅާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބިޑް ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

02 ޛުލްޤަޢިދާ 1434

28 އޮގަސްޓް 2014
ހޯދާ