ވަޒީފާއާބެހޭ ޓްރައިބިއުނަލް
ދިވެހިރާއްޖެ
ފޮޅައި ސާފުކުރާނޭ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

މި ޓްރައިބިއުނަލްގެ އޮފީސް ހިނގަމުންދާ މަޓީ ބިލްޑިންގގެ 02 އަދި 03 ވަނަ ފަންގިފިލާ ފޮޅައި ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 02 ސެޕްޓެންބަރު 2014 ވާ އަންގާރަ ދުވަހުގެ 11:00 އަށް ގ.ފަތުރުވެހި (މަޓީބިލްޑިންގގެ 03 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 04 ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް (މަޓީބިލްޑިންގގެ 03 ވަނަ ފަންގިފިލާ) އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތުދެވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށެވެ.

29 ޝައްވާލު 1435

25 އޮގަސްޓް 2014
ހޯދާ