ކާށިދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
އެންބިއުލައިންސަށް ދަވާދުޖެހުމާއި، އެހެނިހެން މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު.

މިމަރުކަޒުގެ އެންބިއުލައިންސަށް ދަވާދުޖެހުމާއި، އެހެނިހެން މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 08 ސެޕްޓެންބަރު 2014 ވާ ހޯމަ ދުވަހުގެ 11:00 އަށް މިމަރުކަޒަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުން އޮންނާނީ 02 ސެޕްޓެންބަރު 2014 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އިން 12:00 އަށް ޞިއްހީމަރުކަޒުގައެވެ.

މިމަސައްކަތަށް ހުށަހެޅޭ އަންދާސީހިސާބުތަކަށް ޕޮއިންޓް ދެވޭނެ ގޮތުގެ ތަފުސީލު

* ހުށަހަޅާފައިވާ އަގަށް 75 ޕޮއިންޓް

* މަސައްކަތުގެ މުއްދަތަށް 10 ޕޮއިންޓު

* މަސައްކަތުގެ ތަޖުރިބާއަށް 15 ޕޮއިންޓް.  (މިބަޔަށް ޕޮއިންޓު ލިބޭނީ ކުރިން މިފަދަ މަސައްކަތެއް ކޮށްފައިވާކަމުގެ ލިޔުމެއް ހުށަހަޅާފައިވާ ނަމައެވެ.)

* އަންދާސީހިސާބު ހުށަހަޅަނީ ކުންފުންޏަކުން ކަމުގައިވާނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއަކާއި ޕްރޮފައިލް އަންދާސީހިސާބާއެކު ހުށަހަޅަންވާނެއެވެ. އަދި އަމިއްލަ ފަރުދެއްކަމުގައިވާނަމަ އެފަރާތެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަންދާސީހިސާބާއެކު ހުށަހަޅަންވާނެއެވެ.
* އަންދާސީހިސާބުގެ މުއްދަތުގެ ގޮތުގައި އަންދާސީހިސާބު ހުށަހަޅާ ތާރީޚުން ފެށިގެން 30 ދުވަހުގެ މުއްދަތެއް ދެވިފައި އޮންނަންވާނެއެވެ.
* އަންދާސީހިސާބުގައި މަސައްކަތްތަކުގެ އަގު ވަކިން އެނގޭނެހެން ހިމެނިފައި ހުންނަންވާނެއެވެ.
* މަތީގައި ދަންނަވާފައިވާ މަޢުލޫމާތު ފުރިހަމަ ނުކޮށް ހުށަހަޅާ އަންދާސީހިސާބު ބާޠިލުކުރުމުގެ އިޚުތިޔާރު ކ.ކާށިދޫ ޞިއްހީމަރުކަޒަށް ލިބިގެންވެއެވެ.

ފޯން: 6640127 ، ފެކްސް :6640127
އީމެއިލް: [email protected]

26 އޮގަސްޓް 2014
ހޯދާ