މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
11 ސްކޫލަކަށް ބޭނުންވާ ކޮމްޕިއުޓަރ ސިސްޓަމާއި ޕްރިންޓަރު ފޯރުކޮށްދީ އަދި އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް

ޕްރޮޖެކްޓް ނަންބަރު:  TEB/2014/126  

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު 

1. ދިވެހިސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ވާރލްޑް ބޭންކުގެ އެހީއާއެކު ތަންފީޒުކުރަމުންދާ އެންހޭންސިންގ އެޑިއުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އީ.އީ.ޑީ.ޕީ)ގެ ދަށުން 11 ސްކޫލަކަށް ބޭނުންވާ ކޮމްޕިއުޓަރ ސިސްޓަމާއި ޕްރިންޓަރު ފޯރުކޮށްދީ އަދި އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް  ބޭނުންވެއެވެ.

2. ވީމާ، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ބޭނުމަށް މަތީގައި ދެންނެވިފައިވާ މަސައްކަތަށް ޝަރުޠުހަމަވާ، އެކަށީގެންވާ ތަޖުރިބާ ހުރި، އަދި މިފަދަ މަސައްކަތެއް ކުރުމުގެ ޤާބިލުކަން ލިބިފައިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވައިލަމެވެ.

3. މި މަސައްކަތް ކުރާނެ ފަރާތެއް ހޮވާނީ ވާރލްޑް ބޭންކުގެ ”އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) “ ވާރލްޑްބޭންކު ގައިޑްލައިންސްގައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލެވިގެންނެވެ.

4. މިކަމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުޠުތައް ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ. މިދަޢުވަތުގައި ރާއްޖޭގައި ތައްޔާރުކޮށް އުފައްދާ ތަކެއްޗަށް ވަކި ޚާއްޞަ އިސްކަމެއް ނުދެވޭނެއެވެ. އިތުރު ތަފުސީލު ބީލަން ފޮތުގައިގައި ހިމަނާފައިވާނެއެވެ.

5. ބީލަންފޮތްތަކަށް ފައިސާ ބަލައިގަންނާނީ 28 އޮގަސްޓު 2014 އިން 12 އޮކްޓޫބަރު  2014 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 14:00 އަށް މި މިނިސްޓްރީންނެވެ. ބީލަން ފޮތެއްގެ އަގަކީ -/1,500 (އެއްހާސް ފަސްސަތޭކަ) ރުފިޔާއެވެ. ފައިސާ ދެއްކެވުމުން ބީލަން ފޮތްތައް ސޮފްޓްކޮޕީ ފޯމެޓްގައި ލިބިވަޑައިގަންނަވާނެއެވެ.

6. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޓެންޑަރ އިވެލުއޭޝަން ސެކްޝަން

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

އަމީނީމަގު،

މާލެ،ދިވެހިރާއްޖެ،

ޓެލެފޯން:9603349125+

ފެކްސް:9603320706+

އީމެއިލް:[email protected]

7. ޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 132،000.00(އެއްލަކަ ތރީސް ދެހާސް) ރުފިޔާ ނުވަތަ 8,560.00 (އަށްހާސް ފައްސަތޭކަ ފަސްދޮޅަސް) ޔޫ.އެސް ޑޮލަރ ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 118 ދުވަހެވެ.

8.  މި ޕްރޮޖެކްޓުގެ ޕްރީ-ބިޑް ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 16 ސެޕްޓެންބަރު 2014 ވާ އަންގާރަ ދުވަހުގެ 10:00 ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަންގެ ޖަލްސާކުރާ މާލަމުގައެވެ.

9.  ބިޑް ހުޅުވުން އޮންނާނީ 13 އޮކްޓޫބަރު 2014 ވާ ހޯމަ ދުވަހުގެ 10:00ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަންގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

10. މި އިޢުލާން މި މިނިސްޓްރީގެ ވެބްސައިޓްwww.finance.gov.mv  ގައި ޝާއިޢު ކުރެވިފައިވާނެއެވެ.

 

 

28 އޮގަސްޓް 2014
ހޯދާ