ދަރުމަވަންތަ ސްކޫލް
ދިވެހިރާއްޖެ
ޕްރިންޓަރ

މަޤާމު: ޕްރިންޓަރ 

މަޤާމުގެ ބާވަތް: ވަގުތީ ( ރިސޯސްޓީޗަރ ) 

ބޭނުންވާ އަދަދު:  1 

ކުލެފިކޭޝަން  އަދި ރޭންކް: ސަޕޯޓް ސްޓާފް ގްރޭޑް 3 / އެސް. އެސް 3  

ވަޒީފާ އަދާކުރަންޖެހޭ ތަން:      ދަރުމަވަންތަ ސްކޫލް

ފެންވަރު ނުވަތަ ޝަރުޠު:   

1. މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިންސަންސެއް/ ހުއްދައެއް/ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2. މަޤާމުގެ މަސައްކަތުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑިގެ ލެވަލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން.  

މުސާރަ: -/3875ރ

ސަރވިސް އެލަވަންސް: -/1000ރ

އިތުރުގަޑިގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރައްވާނަމަ ހަމަޖެހިފައިވާ އުޞޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. 

ކުރަންޖެހޭ މަސައްކަތް:      

- ޗާޕުކުރަށްޖެހޭ ޓެސްޓް ޕޭޕަރތަކާއި ނޯޓިސްތަކާއި ފޮޓޯކޮޕީ ހަދަންޖެހޭ ތަކެއްޗާއި އެހެނިހެން ތަކެތި ކަނޑައެޅިފައިވާ ގަޑިއަކަށް ޗާޕުކޮށް ހަވާލުކުރުން.

- ކޮންމެ އަހަރަކުވެސް އެ އަހަރެއްގެ ޓީޗަރުންގެ ހޭންޑް ބުކް ވެރިއެއްގެ ލަފާގެ މަތިން ތައްޔާރުކޮށް ނިންމައި ވެރިއަކާ ހަވާލުކުރުން.

- ބައިންޑުކުރުމާއި ލެމިނޭޓްކުރުމަށް ހަވާލުކުރެވޭ ތަކެތި ކަނޑައެޅިފައިފާ ދުވަހަކަށް ނިންމައި ހަވާލުކުރުން.

- ޕްރިންޓިން ރޫމުގައި ހުންނަ ހުރިހާ މެޝިނަރީތަކާއި އެހެނިހެން ތަކެއްޗަށް ރައްކާތެރިވުމާއި ބެލެހެއްޓުން.

- އޮފީހަށާއި، ޓީޗަރުންނަށް ބޭނުންވާ ތަކެތި ފޮޓޯކޮޕީ ހަދާދިނުން.

- އޮފީހުން ކުރިއަށް ގެންދާ  ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

____________________________________________________________________________________________________________

ހުށަހަޅަންޖެހޭ ތަކެތި: 

  • ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު ސްކޫލް ކައުންޓަރުންނާއި އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
  • ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު.)
  • ސިވިލް ސަރވިސް އަށް ނުވަތަ ސަރުކާރަށް ޚިދުމަތް ކުރުމަށް އެއްބަސްވުމެއް އޮތް މުވައްޒަފުން، މި ވަޒީފާއަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ތަޖުރިބާގެ ލިއުންތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު.)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީއެއް. ( އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު )
  • ވަޒީފާއަށް ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެހާއެކު)

­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­_____________________________________________________________________________________________________

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުން:  މި މަޤާމަށް މުވައްޒަފަކު ހޮވުމުގައި އިސްކަންދޭނީ މަސައްކަތު މުއައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒް ކުރެވޭނެ އަދި މިދާއިރާއިން ތަޖުރިބާހުރި ހާޒިރީއާއި މަސައްކަތަށް ފަރުވާތެރި މީހުންނަށެވެ.

އިންޓަވިއު ކުރުން:

  • މި މަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ގަޑި އިޢުލާނަށް މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ނޯޓް: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ. 

ސުންގަޑި: މި ވަޒީފާއަށް ކުރިމަތިލައްވޭނެ އެންމެފަހު ތާރީޚަކީ 02 ސެޕްޓެންބަރު 2014 ގެ މެންދުރުފަހުގެ 2:30 އެވެ.

އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރެއްވުމަށް ގުޅުއްވާނީ 3324495 ނަންބަރު ފޯނާއެވެ.

21 އޮގަސްޓް 2014
ހޯދާ