އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

1. މަޤާމު

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ކްލެސިފިކޭޝަން

ސީނިއަރ އޮފިސަރ ގރ. 1

ރޭންކް: އެމް.އެސް 1

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމު ނަންބަރު: 228456

މުސާރަ

-/5610 ރުފިޔާ

ސަރވިސް އެލަވަންސް: -/2000 ރުފިޔާ

އެލަވަންސްތަކާއި އިނާޔަތްތައް

އިތުރުގަޑިއާއި ބަންދު ދުވަހުގެ ފައިސާ "ދިވެހި ސިވިލް ސާރވިސްގެ ގަވާއިދު"ގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން ދެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު

އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ މަރަދޫ އަވަށު އޮފީހުގެ އިދާރީ ކަންކަމާއި މުވައްޒަފުންނާބެހޭ ކަންކަމާއި މުދަލާއި ފައިސާއާބެހޭ އެންމެހައި ކަންކަން ހިންގައި ބެލެހެއްޓުން.

މަޤާމުގެ ޝަރުޠުތައް

އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން

  1. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހު މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  3. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާ އަދާކުރަންޖެހޭ ތަން

މަރަދޫ އަވަށު އޮފީސް، އައްޑޫސިޓީ ކައުންސިލުގެ އިދާރާ
(ޑިޕާޓްމަންޓް އޮފް ސޯޝަލް ސަރވިސް)

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް:

1. ލިބިފައިވާ ތަޢުލީމާއި ތަމްރީނު 2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ 3. މަސައްކަތުގެ ހުނަރާއި ޤާބިލުކަން

އިންޓަރވިއު ބޭއްވޭނެ ތަނާއި ތާރީޚު:

އިންޓަރވިއުއަށް ހާޒިރުވުމުގެ 24 ގަޑި ކުރިން (ބަންދު ދުވަސް ނުހިމަނައި) އިންޓަރވިއު ބޭއްވޭނެ ތަނަކާއި ގަޑި ލިއުމަކުން އެންގޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

 

 

 

 

1. ވަޒީފާއަށް އެދި ހުށަހަޅާ ސިވިލް ސާރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މިފޯމު އައްޑޫ ސިޓީ ކައުންސިލުގެ އިދާރާއިންނާއި، އައްޑޫސިޓީ ކައުންސިލުގެ އިދާރާގެ އަވަށު އޮފީސްތަކުން ލިބެން ހުންނާނެއެވެ.)

2. މުއްދަތު ހަމަނުވާ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (ދެފުށް ފެންނަ) ސާފު ކޮޕީ

3. ސިވިލްސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް

4. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ)

        ކޯސް ފުރިހަމަކުރުމަށްފަހު ކޯހުން ފާސްވެފައިވާ ކަމުގެ ލިޔުން ލިބިލައްވާފައިވާ ފަރާތްތަކުން، ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް ބަޔާންކޮށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ދޫކުރައްވާ "ކޮލިފިކޭޝަން އެސެސްމަންޓް ރިޕޯޓް" ހުށަހަޅުއްވަންވާނެ.

5. ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް (މިއިދާރާގެ މުވައްޒަފުން މިލިޔުން ހުށަހަޅާކަށް ނުޖެހޭނެއެވެ.)

6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެހާއެކު)

ވަޒީފާއަށް އެދޭ ފަރާތްތައް ސްކްރީން ކުރުމާއި ޝޯޓްލިސްޓް ކުރުން

ވަޒީފާއަށް ކުރިމަތި ލައްވާ ބޭފުޅުން ސްކްރީން ކުރުމާއެކު، މަޤާމަށް އެދޭ ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ އެފަރާތްތައް، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީގެ މަޝްވަރާއާއެކު ޝޯޓްލިސްޓް ކުރެވޭނެއެވެ

 

މިގޮތުން ޝޯޓްލިސްޓް ކުރުމުގައި ބެލެވޭނެ ކަންތައްތަކަކީ

1- ލިބިފައިވާ ތަޢުލީމާއި ތަމްރީނު 2- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ  3- މަސައްކަތުގެ ހުނަރާއި ޤާބިލުކަން

ސުންގަޑި

2014 ސެޕްޓެންބަރު 1 ވާ ހޯމަދުވަހުގެ 15:00 ގެ ކުރިން އައްޑޫސިޓީ ކައުންސިލުގެ އިދާރާއަށް.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އައްޑޫސިޓީ ކައުންސިލުގެ އިދާރާގެ ނަންބަރު 6885003 ފޯނަށް ގުޅުއްވުން އެދެމެވެ

24  ޝައްވާލު  1435
20 އޮގަސްޓް 2014
ހޯދާ