އިހަވަންދޫ މަދަރުސާ
ދިވެހިރާއްޖެ
ރިސޯސް ޓީޗަރ

 ވޭޖް އެމްޕްލޯއިމަންޓް އުޞޫލުން މުވައްޒަފުން ބޭނުންވެއްޖެ

މި މަދަރުސާއިން ރިސޯސް ޓީޗަރެއްގެ މަޤާމަށް މިހަކު ހޯދުމަށްކުރި، ނަންބަރު GS79/IULAAN/2013/14 އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރީމެވެ.

މަޤާމުގެ ނަން: ރިސޯސް ޓީޗަރ

މަޤާމު އޮތް އޮފީސް: އިހަވަންދޫ މަދަރުސާ

ބޭނުންވާ އަދަދު: 1 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: އިހަވަންދޫ މަދަރުސާ/ ހއ. އިހަވަންދޫ

މަޤާމުގެ މުއްދަތު: 2015 ޖޫން 10 ގެ ނިޔަލަށް

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން/ ޔުނިޓް: އެކަޑަމިކް ސެކްޝަން

މަޤާމުގެ މަސްއޫލިއްޔަތު:

  • ގްރޭޑް 1-7 ގެ ދަރިވަރުންގެ އުނގަންނައި ދިނުމުގެ ކަންކަން ރާވައި ހިންގުން
  • ސްކޫލުން ކަނޑައަޅާފައިވާ ޓައިމް ޓޭބަލާ އެއްގޮތަށް ކިޔަވައިދިނުން
  • ސްކޫލުގެ ވަޞީލަތްތައް އެންމެ ފައިދާހުރި ގޮތުގައި ބޭނުންކޮށް، ދަރިވަރުންގެ ނަތީޖާ ފެންވަރު މަތިކުރުމަށް މަސައްކަތް ކުރުން.
  • މުޖުތަމަޢާއި ސްކޫލު އޮންނަ ގުޅުމަކީ ބަދަހި ގުޅުމަކަށް ހެދުން

މުސާރަ އާއި މަޤާމުގެ ޝަރުޠުތައް،

      ވަޒީފާގެ ހުނަރު/ ޤާބިލުކަން އިންޓަވިއުގައި ސާބިތު ކޮށްދިނުމާއެކު ސިވިލް ސާރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން ތިރީގައިމިވާ ޝަރުޠުތަކުން ޝަރުޠެއް ފުރިހަމަވުން.

  • ސާނަވީ ތަޢުލީމް ހާސިލުކޮށް ދިވެހި މާއްދާއާއެކު އިތުރު ދެ މާއްދާއިން ފާސްވެފައިވާނަމަ މަހަކު -/4000 ރުފިޔާ، އަދި ސަރވިސް އެލަވަންސް -/1500 ރުފިޔާ
  • ޓީޗިންގ ސަރވިސް އޮފިސަރ 1 ގެ ޝަރުޠު ހަމަވާނަމަ މަހަކު -/5020 ރުފިޔާ އަދި ސަރވިސް އެލަވަންސް -/2500 ރުފިޔާ
  • ޓީޗިންގ ސަރވިސް އޮފިސަރ 2 ގެ ޝަރުޠު ހަމަވާނަމަ މަހަކު -/5610 ރުފިޔާ އަދި ސަރވިސް އެލަވަންސް -/2500 ރުފިޔާ
  • ޓީޗިންގ ސަރވިސް އޮފިސަރ 3 ގެ ޝަރުޠު ހަމަވާނަމަ މަހަކު -/6295 ރުފިޔާ އަދި ސަރވިސް އެލަވަންސް -/2500 ރުފިޔާ
  • ޓީޗިންގ ސަރވިސް އޮފިސަރ 4 ގެ ޝަރުޠު ހަމަވާނަމަ މަހަކު -/7035 ރުފިޔާ އަދި ސަރވިސް އެލަވަންސް -/2500 ރުފިޔާ

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީނު ލިބިފައިވާ ފަރާތަކަށްވުން
  • ކޮމްޕިޔުޓަރަށް އަހުލުވެރި މިންވަރު އަދި މި ދާއިރާއިން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތެއް ކަމުގައިވުން
  • ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދަށް އަހުލުވެރިވެފައިވާ ފަރާތެއް ކަމުގައިވުން
  • މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލުކަމާއި ސިފަތައް އިންޓަވިއު ޕެނަލަށް ސާބިތުކޮށްދެވޭ މިންވަރު
  • ސިވިލް ސަރވިސް ކޮމިޝަނުން 2014 އެޕްރީލް 01 ގައި އަމަލުކުރައްވަން ފައްޓަވާފައިވާ "ސިވިލް ސަރވިސްގެ މަޤާމުތަކަށް މީހުން ހޮވުމާއި ޢައްޔަން ކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް" ކްރައިޓީރިއާ ގައިވާ ގޮތުގެ މަތިން

މުސާރައިގެ އިތުރަށް ދެވޭ އުޖޫރަތައް: * އިތުރުގަޑީގެ މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ސިޓީ ފޮނުވަންވީ ތާރީޚު: މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުން ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި ތިރީގައި ބަޔާންކުރެވިފައިވާ ތަކެތި ފުރިހަމަ ކުރެއްވުމަށްފަހު 31 އޮގަސްޓް 2014 ވާ އާދިއްތަ ދުވަހުގެ 14:00ގެ ކުރިން މި ސްކޫލަށް ހުށަހެޅުއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:               

1

1. ސިވިލް ސާރވިސްގެ ވަޒީފާއަށް އެދޭ ފޯމު

2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ސަރުކާރުގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)

3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައި)

4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ، ސީވީ (ގުޅޭނެ ނަންބަރާއެކު)

5. ވަޒީފާގެ ދާއިރާއާއި ގުޅޭ ކުރު މުއްދަތުގެ ކޯހާއި ވޯރކްޝޮޕްތަކުގެ ލިޔުންތަކުގެ ފޮޓޯކޮޕީގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ އަސްލު.

6. ސިވިލް ސާރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

7. ސިވިލް ސާރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުން، އެމުވައްޒަފުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީ އަދި މަސައްކަތުގެ އަޚުލާޤު ހުރިގޮތް ބަޔާންކޮށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ "މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާ އާއި ހާޒިރީ އަދި މަސައްކަތުގެ އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމު" ސިވިލް ސާރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފަކު ވެސް މި ފޯމު ހުށަނާޅާފިނަމަ، ފޯމުގައިވާ ބައިތަކަށް ދޭންޖެހޭ ޕޮއިންޓެއް ނުދެވޭނެއެވެ. އެކަމަކު މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުންކުރާ އިޢުލާނަކަށް ކުރިމަތިލާނަމަ، މި ފޯމު ހުށަހަޅާކަން ނުޖެހޭނެއެވެ.

8. މަސައްކަތުގެ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތައް. އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމުތަކާއި އެ މަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ.)

ނޯޓް: ތަޖުރިބާގެ މުއްދަތު ގުނާނީ ވަނަވަރުގައި ބަޔާންކޮށްފައިވާ ތަންތާގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ.

އިންޓަވިއު ކުރުމާއި އިމްތިޙާނު ކުރުން ބޭއްވޭނެ މުއްދަތު:

        މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު 2014 ސެޕްޓެންބަރު 1 އިން 8 އަށް (މި މުއްދަތުގެ ތެރޭގައި) އޮންނާނެއެވެ.

ނޯޓް: އިންޓަވިއު ބޭއްވޭނެ ތަނަކާއި ގަޑި އަދި ތާރީޚު (މަތީގައިވާ ފޯވަހީގެ ތެރޭގައި) ފަހުން އެންގޭނެއެވެ.

އިތުރު މަޢުލޫމާތު: މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމު މި ސްކޫލުންނާއި ސިވިލް ސަރވިސްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތޫ ސާފުކުރެއްވުމަށް ރަސްމީގަޑީގައި، މި މަދަރުސާގެ ނަންބަރު 6500096 ފޯނާ ގުޅުއްވުން އެދެމެވެ.

25 ޝައްވާލު 1435

21 އޮގަސްޓް 2014
ހޯދާ