މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

    މަޤާމު:                    އެޑްމިނިސްޓްރޭޓިވް އޮފިސަރ

   ބޭނުންވާ އަދަދު:         01

   ރޭންކް:                     ޖީ. އެސް 4

   ކްލެސިފިކޭޝަން :         އޮފިސަރ ގްރޭޑް 1  

   މުސާރަ :                    -/5020 ރުފިޔާ

   ސަރވިސް އެލަވަންސް:        -/1500 ރުފިޔާ

   ވަޒީފާއޮތް އޮފީސް:             މިނިސްޓްރީ އޮފް އެޑިޔުކޭޝަން

   ގިންތި:                      ދާއިމީ

   ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން :   ސްކޫލް އެޑްމިނިސްޓްރޭޝަން ޑިވިޝަން، މިނިސްޓްރީ އޮފް އެޑިޔުކޭޝަން /   މާލެ

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1.  ސްކޫލްތަކުގެ އިތުރު ޙަރަކާތްތަކާގުޅޭ ސިޔާސަތުތަކާއި ގަވާއިދުތަކާއި އުސޫލުތައް ކަނޑައަޅުމަށްޓަކައި ކުރަންޖެހޭ އިދާރީމަސައްކަތް ކުރުން
  2. ކުރިއަށް އޮންނަ އަހަރުގެ އެކްޓިވިޓީ ކަލަންޑަރު އެކުލަވާލުމަށްޓަކައި ބޭނުންވާ މައުލޫމާތު އެއްކުރުން
  3. އެކްޓިވިޓީ ކަލަންޑަރުގައި ރޭވިފައިވާ ހަރަކާތްތައް ހިންގުމާ ހަވާލުވެފައިވާ ފަރާތްތަކާ ގުޅާ ހިންގޭނެކަން ކަށްވަރުކޮށް، އިތުރު ބަދަލެއް އަންނަނަމަ އެކަން ސުޕަވައިޒަރުގެ މަޝްވަރާގެމަތިން ސްކޫލްތަކާ ހިއްސާކުރުން
  4. އިތުރު ހަރަކާތްތަކާ ގުޅޭގޮތުން ބާއްވާ ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ރާއްޖޭގެ ސްކޫލްތަކުން ބައިވެރިވާ ދަރިވަރުންގެ އެންމެހާ ކަންތައްތައް ހިންގައި އޭގެ މުއްދަތުތައް ހިފެހެއްޓުމާއި އެފަދަ މުބާރާތްތަކުން ލިބޭ ރީތި ވަނަތައް ފާހަގަކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ އިދާރީ މަސައްކަތްކުރުން
  5. ސްކޫލްތަކުގެ އިތުރު ހަރަކާތްތަކާ ގުޅޭގޮތުން އެކްޓިވިޓީ ކަލަންޑަރުގައި ހިމެނިފައިވާ މަސައްކަތްތަކުގެ ދަށުން ބޭރުން ރާއްޖެ ވަޑައިގަންނަވާ ފަރާތްތަކާއި، ރާއްޖޭއިން ބޭރަށް ދާ ފަރާތްތަކާއި ދަރިވަރުންގެ އިދާރީ މަސައްކަތްކުރުން
  6. ސްކޫލްތަކުގައި ހިންގޭ ޔުނިފޯމު ހަރަކާތްތަކާއި، ކްލަބްތައް ހިނގާ ނުހިނގާގޮތް މޮނިޓަރކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ އިދާރީ މަސައްކަތްކުރުން
  7. ކްލަބް ޖަމްއިއްޔާތަކުންނާއި އެހެނިހެން ފަރާތްތަކުން ސްކޫލް ކުދިންނަށް އަމާޒުކޮށްގެން ހިންގޭ މުބާރާތްތަކުގައި ވަނަވަނައަށް އަންނަ ދަރިވަރުންނަށް މިނިސްޓްރީގެ ނަމުގައި އިނާމު ދިނުމުގެގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތްކުރުން
  8. ބޭރުގެ އެކިއެކި އެހީގެ ދަށުން ޔުނިޓްގައި ހިންގާ ޕްރޮޖެކްޓްތަކުގެ އިދާރީ މަސައްކަތްކުރުމާއި ބަޖެޓް މަސައްކަތްތައްކުރުން

ޝަރުޠު:                                         

  1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ
  3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިންތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ރ. މީގެ އިތުރުން ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލެވޭނެއެވެ.

އިންޓަރވިއު ކުރުން.

ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ 03 - 11 ސެޕްޓެންބަރު 2014 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި، މި މިނިސްޓްރިގެ ވެބްސައިޓް  www.moe.gov.mvއިން ލިބިވަޑައިގަންނަވާނެއެވެ.)

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

ރ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް ފެންނާނޭގޮތަށް، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް

ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަން / ހ. ވެލާނާގޭގެ (8 ވަނަ ފަންގިފިލާ) ކައުންޓަރަށް.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2014 ސެޕްޓެންބަރު 02 ވަނަ ދުވަހުގެ 14:30 ގެ ކުރިން.

ނޯޓް:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި މިނިސްޓްރީގެ ނަންބަރު 3341428 ފޯނަށް ގުޅުއްވުން އެދެމެވެ. 

 

 

25 އޮގަސްޓް 2014
ހޯދާ