މިލަދުންމަޑުލު އުތުރުބުރީ ފޯކައިދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ވޮޗަރ ( ދާއިމީ )

މަޤާމު

ވޮޗަރ ( ދާއިމީ )

ރޭންކް: އެސް.އެސް 1

އަދަދު

2

މަސައްކަތްކުރަންޖެހޭ ތަން

ށ. ފޯކައިދޫ މެޖިސްޓްރޭޓް ކޯޓް

އަސާސީ މުސާރަ

-/3,100 ރުފިޔާ

މިމަޤާމަށް ލިބޭ އެލަވަންސް

-     ސަރވިސް އެލަވަންސް -/1,000 ރުފިޔާ

 - ޖުޑީޝަލް އެލަވަންސް: މުސާރައިގެ %20

-  ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

އަސާސީ ޝަރުޠު

-          ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުން.

މަޤާމުގެ މަސްއޫލިއްޔަތު

-          ށ. ފޯކައިދޫ މެޖިސްޓްރޭޓް ކޯޓުގެ ސެކިއުރިޓީ ކޯޓުން ކަނޑައަޅާ ގޮތެއްގެ މަތިން ބެލެހެއްޓުން

 

ހުށަހަޅަންޖެހޭ ތަކެތި

 

1-   ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު

2-   ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

3-   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ އަސްލާއެކު.

4-   ސްކޫލް ލީވިންގ ސެޓުފިކެޓުގެ ފޮޓޯކޮޕީ

5-   ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ ( މިފަދަ ލިޔުމެއް ހުށަހަޅާނަމަ މަޤާމުގައި ވީދުވަހާއި މަޤާމުގެ ނަމާއި ރޭންކާއި އަދާކުރާ މަސްއޫލިއްޔަތު ބަޔާންކޮށްފައި އޮންނަންވާނެއެވެ. )

 

ސުންގަޑި

 

މިމަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ފޯމު ފުރިހަމަކުރެއްވުމަށްފަހު 01 ސެޕްޓެންބަރު 2014 ވަނަ ދުވަހުގެ 15:00 ގެކުރިން ށ. ފޯކައިދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.  

 

އިތުރު މަޢުލޫމާތު

 

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމު މިކޯޓުންނާއި، ޑިޕާޓްމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ. އަދި މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކުގެ މެދުގައި ބާއްވާ އިންޓަވިއު 03 ސެޕްޓެންބަރު 2014 ދުވަހުގެ 10:00 ގައި މި ކޯޓުގައި އޮންނާނެއެވެ.

 

20 އޮގަސްޓް 2014
ހޯދާ