ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ސީނިއަރ ހިއުމަން ރިސޯސް އޮފިސަރ

ސީނިއަރ ހިއުމަން ރިސޯސް އޮފިސަރ

މަޤާމު:

އެމް.އެސް 3

ރޭންކް:

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ކްލެސިފިކޭޝަން:

ޕަރސަނަލް މެނޭޖްމެންޓް އެންޑް އޯގަނައިޒޭޝަނަލް ޑިވެލޮޕްމެންޓް

ސެކްޝަން:

-/7035 ރުފިޔާ

މުސާރަ:

-/2000 ރުފިޔާ

ސަރވިސް އެލެވަންސް:

-/4000 ރުފިޔާ

ލިވިންގ އެލަވަންސް

2462/25 ރުފިޔާ

ސްޕެޝަލް ޑިޔުޓީ އެލަވަންސް:

01

ބޭނުންވާ އަދަދު:

  1. ހިއުމަން ރިސޯސް މެނޭޖްމެންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  2. ހިއުމަން ރިސޯސް މެނޭޖްމެންޓް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ތަޢުލީމާއި ތަޖުރިބާ:

 

  1. ސިވިލް ސަރވިސްގެ ވަޒީފާތަކުގެ ކްލެސިފިކޭޝަން ސިސްޓަމް އާއި ގްރޭޑިންގ ސިސްޓަމް އެކުލަވާލުމާއި، ސިވިލް ސަރވިސްގެ ވަޒީފާތައް އިވެލުއޭޓްކުރުމުގެ މަސައްކަތް ބެލެހެއްޓުމާއި ހިންގުން.
  2. ސިވިލް ސަރވިސްގެ ވަޒީފާތަކުގެ މުސާރައާއި އިނާޔަތްތަކުގެ އޮނިގަނޑު އެކުލަވާލުމާއި، ސިވިލް ސަރވިސްގައި ހިމެނޭ އިދާރީ އަދި ފަންނީ މަޤާމުތަކާއި އެހެނިހެން މަޤާމުތަކުގެ ޝަރުޠުތަކުގެ އޮނިގަނޑު އެކުލަވާލައި މުރާޖަޢާ ކުރުމުގެ މަސައްކަތް ކުރުމާއި ބެލެހެއްޓުން.
  3. ސިވިލް ސަރވިސްގައި ހިމެނޭ އޮފީސްތަކުގެ އިދާރީ އޮނިގަނޑު މުރާޖަޢާ ކުރުމުގެ މަސައްކަތް ކުރުމާއި ބެލެހެއްޓުން.
  4. އޮކިޔުޕޭޝަނަލް ކްލެސިފިކޭޝަން ސިސްޓަމާއި ރެކްރޫޓްމަންޓް ޓޫލްކިޓް ތައްޔާރުކުރުމުގެ މަސައްކަތް ކުރުން.
  5. ސިވިލް ސަރވިސްގެ ހިއުމަން ރިސޯސް ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުރުން.
  6. ސިވިލް ސަރވިސް އޮގަނައިޒޭޝަން ރިވިއުގެ މަސައްކަތް ކުރުން.

މަޤާމުގެ މަސްއޫލިއްޔަތު:

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

02 ސެޕްޓެންބަރު 2014 ވާ އަންގާރަ ދުވަހުގެ މެންދުރު ފަހު 14:30 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ (ހ. ވެލާނާގެ 12 ވަނަ ފަންގިފިލާ)

އުޖޫރައާއި އިނާޔަތްތައް:

  • މަޤާމުގެ މަސައްކަތާ ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތަކާއި އިނާޔަތްތައް ދެވޭނެއެވެ.

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިންސައްތަ: %38)
  • މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިންސައްތަ: %8)
  • އިންޓަވިއު އަދި ޕްރެޒެންޓޭޝަން (ކަނޑައެޅިފައިވާ އިންސައްތަ: %54)

އިންޓަވިއު ކުރުން:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު 2014 ސެޕްޓެންބަރު 7 އާއި 2014 ސެޕްޓެންބަރު 15 އާ ދެމެދު މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3303647 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3303648 އެވެ. އީމެއިލް އެޑްރެހަކީ [email protected] އަދި [email protected] އެވެ. 

25 ޝައްވާލު 1435

21 އޮގަސްޓް 2014
ހޯދާ