ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސެޓުފިކެޓު 3 އަދި އެޑްވާންސްޑް ސެޓުފިކެޓު ލެވެލްގެ ކޯސްތަކުގެ ސަނަދު ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ކުރިން ދިނުމާގުޅޭ

2014 ވަނަ އަހަރުގެ އޮގަސްޓުމަހުގެ ދަސްވެނިވުމުން ފެށިގެން، ޔުނިވަރސިޓީގައި ހިންގާ ކޯސްތަކުގެ ތެރެއިން ސެޓުފިކެޓު ލެވެލް 3 އަދި ސެޓުފިކެޓު ލެވެލް 4 (އެޑްވާންސްޑް ލެވެލް) ގެ ކޯސްތައް ނިންމައި ދަސްވެނިވާ ދަރިވަރުންނަށް ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ކުރިން ސަނަދު ދޭގޮތަށް ވަނީ ނިންމާފައެވެ.

އެހެންކަމުން، ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ދެވޭނީ ހަމައެކަނި ޑިޕްލޮމާ އިން ފެށިގެން މަތީ ފެންވަރުގެ ސަނަދުތައް ކަމުގައި ދެންނެވީމެވެ. 

މިގޮތަށް ނިންމުމާ ގުޅިގެން ސެޓުފިކެޓު ލެވެލް 3 އަދި ސެޓުފިކެޓު ލެވެލް 4 (އެޑްވާންސްޑް ލެވެލް) ގެ ކޯސްތައް ނިންމާ ދަރިވަރުން އެ ދަރިވަރުންގެ ކޯސް ނިންމައި ނަތީޖާ ލިބުމުން ސްޓޫޑެންޓް އެޑްމިނިސްޓްރޭޓިވް ސަރވިސަސް މެދުވެރިކޮށް ސަނަދު ހޯދުމުގެ ކަންކަން ކުރިއަށް ގެންދެވުން އެދެމެވެ.

މިހެންވެ، ހުރިހާ ފަރާތްތަކުގެ ސަމާލުކަމަށް މިވާހަކަ ދެންނެވީމެވެ.

23 ޝައްވާލު 1435

19 އޮގަސްޓް 2014
ހޯދާ