މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ވޭންގެ އިންޖީނު މަރާމާތު ކުރުމާއި ސާރވިސް ކުރުމާއި އަދި އެހެނިހެން މަރާމާތުތައް ކުރުމަށް

ޗައިނާ ސަރުކާރުން މިނިސްޓްރީ އޮފް ހެލްތަށް ހަދިޔާ ކޮށްފައިވާ ރޯވަރ ބްރޭންޑްގެ ވޭނުގެ އިންޖީނު މަރާމާތު ކުރުމާއި ސާރވިސް ކުރުމާއި އަދި އެހެނިހެން މަރާމާތުތައް ކުރުމަށްފަހު ރަޖިސްޓަރީ ކުރުމާއި މިނިސްޓްރީއިން އަންގާ ރަށަކާއި ހަމަޔަށް ފޮނުވައިދެއްވާނެ ފަރާތެއް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 01 ސެޕްޓެންބަރު 2014 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 04 ސެޕްޓެންބަރު 2014 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

25 ޝައްވާލު 1435

21 އޮގަސްޓް 2014
ހޯދާ