ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
2014ވަނަ އަހަރުގެ ނެޝަނަލް ސްކައުޓް އެސެމްބްލީ (އަހަރީ ޢާންމު ޖަލްސާ) އަށް ދެންނެވުން

މި އެސޯސިއޭޝަންގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތީން ބޭއްވުމަށް ހަމަޖެހިފައިވާ، ނެޝަނަލް ސްކައުޓް އެސެމްބްލީގެ 2014ވަނަ އަހަރުގެ ބައްދަލުވުމަށް ހާޒިރުވުމަށް ދަންނަވަމެވެ.

މިޖަލްސާގެ ތަފްޞީލު ތިރީގައި އެވަނީއެވެ.

1. ނޭޝަނަލް ސްކައުޓް އެސެމްބްލީގެ އެޖެންޑާ:

  • މަރުޙަބާ ދެންނެވުން       
  • 2014 ވަނަ އަހަރުގެ ކާމިޔާބީ ޙިއްޞާ ކުރުން
  • 2013 ވަނަ އަހަރުގެ ނޭޝަނަލް އެސެމްބްލީގެ ޔައުމިއްޔާ ޙިއްޞާ ކުރުން
  • ސްކައުޓް އެސޯސިއޭޝަންގެ އަހަރީ ރިޕޯޓު ހުށަހެޅުމާއި ފާސްކުރުން
  • ސްކައުޓް އެސޯސިއޭޝަންގެ 2014 ވަނައަހަރުގެ މާލީ ރިޕޯޓު އިއްވުމާއި މާލީ ރިޕޯޓު ފާސްކުރުން އަދި 2015 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ހުށަހެޅުމާއި ފާސްކުރުން.
  • އޮޑިޓަރެއް އައްޔަން ކުރުން
  • ސްކައުޓް ކައުންސިލް އާއި އެގްޒެކެޓިވް ކޮމިޓީއަށް މެމްބަރުން އިންތިޚާބު ކުރުން
  • ސްކައުޓް އެސޯސިއޭޝަންގެ އަސާސީ ގަވާއިދަށް ގެންނަން ފެންނަކަމަށް ހުށަހަޅާފައިވާ އިޞްލާޙުތައް ހުށަހެޅުމާއި ފާސްކުރުން
  • އިތުރު ޚިޔާލުތައް
  • ނޭޝަނަލް ސްކައުޓް އެސެމްބްލީ 2014 ނިންމުން

2. އަސާސީ ގަވާއިދަށް ގެންނަންފެންނަ އިޞްލާޙު ހުށަހެޅުން:

  • ސްކައުޓް އެސޯސިއޭޝަންގެ އަސާސީ ގަވާއިދަށް ގެންނަން ފެންނަ އިޞްލާޙުތައް މި އެސެމްބްލީއަށް ހުށަހެޅުމަށް ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މި އަހަރުގެ ސެޕްޓެންބަރު މަހުގެ 01 އިން ފެށިގެން އެމަހުގެ 30 ވަނަ ދުވަހުގެ 14.30 އަށެވެ. އިޞްލާޙުތަށް ހުށަހަޅުއްވާނީ މިކަމަށް ޚާއްޞަ ކުރެވިފައިވާ ފޯމުގައި، ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޤައުމީ ހެޑްކުއަރޓަރަށެވެ. އިސްލާޙު ހުށަހެޅުމަށް ބޭނުންކުރާ ފޯމު ސްކައުޓް އެސޯސިއޭޝަނުން ލިބެންހުންނާނެއެވެ.

 

3. ނޭޝަނަލް ސްކައުޓް އެސެމްބަލީ ބާއްވާ ތާރީޚާއި ތަން:

  • ނޭޝަނަލް ސްކައުޓް އެސެމްބްލީ 2014 ބާއްވާ ތާރީޚަކީ 24 ނޮވެންބަރު 2014، ހޯމަ ދުވަހު އެވެ.
  • މި އެސެމްބްލީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިދުވަހުގެ 09:00 އިން ފެށިގެން 17:00 އަށް، ޒުވާނުންގެ މަރުކަޒުގެ ސެމިނަރ ރޫމްގައެވެ.

ނޯޓް: ބައްދަލުވުން ބޭއްވޭތަނަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ. ބަދަލު އަތުވެއްޖެނަމަ، އެކަން ޢާއްމުކޮށް އިޢުލާނުކުރެވި، ސްކައުޓް ގުރޫޕުތަކާއި، ގުރޫޕުތަކުގެ ލީޑަރުންނަށް އަންގާނޭ ވާހަކަ ދަންނަވަމެވެ.

 

4. ނޭޝަނަލް ސްކައުޓް އެސެމްބްލީގެ ޑްރެސްކޯޑް:

  • ނޭޝަނަލް ސްކައުޓް އެސެމްބްލީ 2014 ގައި ސްކައުޓް ގުރޫޕްތައް ތަމްސީލު ކުރައްވާ މަންދޫބުންނާއި ގުރޫޕުތަކުން ބައިވެރިވާ އޮބްޒާވަރުން އަދި އަމިއްލަގޮތުން ބައިވެރިވާ ސްކައުޓް ލީޑަރުން ބައިވެރިވާނީ ސްކައުޓް ޔުނިފޯމް ގައެވެ.
  • ނޭޝަނަލް ސްކައުޓް އެސެމްބްލީ އަށް ދަޢުވަތުދެވޭ އެހެނިހެން ބޭފުޅުން ވަޑައިގަންނަވާނީ ރަސްމީ ހެދުމެއްގައެވެ.

ނޭޝަނަލް ސްކައުޓް އެސެމްބްލީ 2014 އާބެހޭ ގޮތުން ސްކައުޓް ގުރޫޕުތަކަށް އަންގަންޖެހޭ އިތުރު އެންގުންތައް ސްކައުޓް ގުރޫޕުތަކަށާއި އެ ގުރޫޕުތަކުގެ ލީޑަރުންނަށް، ސިޓީއާއި އެސް.އެމް.އެސް އަދި ސޯޝަލް މީޑިއާގެ ޒަރީޢާއިން އަންގަމުން ގެންދާނޭ ވާހަކަ ދަންނަވަމެވެ. އަދި މި ބައްދަލުވުމުގައި ބައިވެރިވެވޭނީ މި އެސޯސިއޭޝަންގެ މެމްބަރޝިޕް ފީއާ ބެހޭ ގަވާއިދުގައިވާ ގޮތުގެ މަތީން މެމްބަރޝިޕް ފީ ދައްކަވާފައިވާ ސްކައުޓް ގުރޫޕުތަކަށް ކަމުން، މި ފީ ދެއްކެވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށްވެސް ދަންނަވަމެވެ.

 

21 އޮގަސްޓް 2014
ހޯދާ