މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރ
ދިވެހިރާއްޖެ
ޓޫރިސްޓުން ބޭތިއްބުމާގުޅޭ

އިޢުލާން

ޓޫރިސްޓުން ބޭތިއްބުމާގުޅޭ

މި މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ ޓޫރިސްޓް ގެސްޓްހައުސް / ހޮޓާ ފަދަތަންތަން ފިޔަވައި މާލެ، ހުޅުމާލެ، ވިލިނގިލި އަދި އަތޮޅުތަކުގެ ގޭގޭގައި ޓޫރިސްޓުން ބައިތިއްބައި އަދި މިފަދަ ތަންތަން ވިއްކުމަށް އިޝްތިހާރު ކުރަމުންދާކަމުގެ މަޢުލޫމާތު މި މިނިސްޓްރީއަށްވަނީ ލިބިފައެވެ.

ދިވެހިރާއްޖޭގައި އެއްވެސް ޓޫރިސްޓް ހޮޓަލެއް ނުވަތަ އެއްވެސް ގެސްޓްހައުސްއެއް ހިންގަންވާނީ، އެ ތަނެއް މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރގައި ރަޖިސްޓްރީކޮށް، އެފަދަ ތަންތަން ހިންގުމަށް މި މިނިސްޓްރީން ދޫކުރާ ހުއްދަ ހޯދުމަށްފަހުގައެވެ. މި ގޮތުން ޓޫރިޒަމާބެހޭ ޤާނޫނު 99/2 ގެ 20ވަނަ މާއްދާގައިވާ ގޮތުން ހުއްދަ ލިބިފައިވާތަނެއް ނޫންތަނެއްގައި އެއްވެސް ޓޫރިސްޓަކު އަގަށް ބަހައްޓައިގެން ނުވާނެއެވެ. އަދި ޓޫރިސްޓް ވިސާގައި އަންނަ ޓޫރިސްޓުން ބައިތިއްބާނަމަ، މި މިނިސްޓްރީއިން ޤާނޫނީ ފިޔަވަޅު އަޅާނެވާހަކަވެސް އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

10 ރަޖަބު 1434

20 މޭ 2013
ހޯދާ