މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މޯލްޑިވްސް ބޯރޑް އޮފް ހެލްތު ސައިންސަސްގައި ރަޖިސްޓަރީކުރުމާ ބެހޭ

އިޢުލާން ނަންބަރު  61 / IUL) 23-AP/1/2013  )  އަށް ޙަވާލާދީ ދަންނަވަމެވެ.      

ރަޖިސްޓްރޭޝަނުގެ މުއްދަތު ހަމަވުމުން ނުވަތަ ރަޖިސްޓްރޭޝަނެއް ނެތި 1 (އެކެއް) މަސްދުވަސް ހަމަވެއްޖެނަމަ:

(ހ) ފުރަތަމަ ފަހަރުނަމަ، ލިޔުމުން ނަސޭހަތް ދިނުން

(ށ) ތަކުރާރުވާނަމަ، ލިޔުމުން އިންޒާރު ދިނުން

(ނ) ލިޔުމުން ނަސޭހަތް ދެވިފައިވާނަމަ "ސެޓުފިކެޓު އޮފް ގުޑް ސްޓޭންޑިންގް"  ދޫނުކުރުމަށް މި ބޯރޑުން ވަނީ ނިންމާފައެވެ.  ނަމަވެސް އެހެން ފަރާތަކުން (ވަޒީފާ ދޭފަރާތަކުން ނުވަތަ ތަޢުލީމީ / އެހެން އިދާރާއަކުން) ރިފަރެންސް އަކަށް އެދެފިނަމަ، ރިފަރެންސް ސިޓީއެއް ދޫކުރެވޭނެ ކަމުގައި ދެންނެވީމެވެ. ( މި ރިފަރެންސް ސިޓީގައި "ސެޓުފިކެޓު އޮފް ގުޑް ސްޓޭންޑިންގް ނުލިބުނު ސަބަބު ބަޔާންކޮށް އަދި އެހެންވެސް، މަސައްކަތުގެ އަޚުލާޤާއި ސުލޫކީ މިންގަނޑާ ޚިލާފުވާފަދަ ކަމެއް ނެތްނަމަ، އެކަން ބަޔާންކުރެވޭނެއެވެ.)

     ވީމާ، ރަޖިސްޓްރޭޝަނުގެ މުއްދަތު ހަމަވެފައިވާ ނުވަތަ ރަޖިސްޓްރޭޝަނެއް ނެތި 1(އެކެއް) މަސްދުވަސް ހަމަވެއްޖެނަމަ، މަތީގައި ދެންނެވިފައިވާ ފިޔަވަޅުތައް 15 އޯގަސްޓް 2013 އިން ފެށިގެން އެޅޭނެވާހަކަ އަންގައި އިޢުލާނުކުރީމެވެ.

                                                             11  ރަޖަބު  1434       

21 މޭ 2013
ހޯދާ