މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ސެކަންޑް ހޭންޑް ލޭންޑިންގް ކްރާފްޓެއް ގަންނަން

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު 

އެމް.ޑަބްލިޔޫ.އެސް.ސީ.ގެ ލޮޖިސްޓިކްސް އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ސެކަންޑް ހޭންޑް ލޭންޑިންގް ކްރާފްޓެއް ގަންނަން ބޭނުންވެއްޖެ

މިކުންފުނީގެ ލޮޖިސްޓިކްސް އޮޕަރޭޝަންތަކުގައި ބޭނުން ކުރުމަށް ސެކަންޑް ހޭންޑް ލޭންޑިންގް ކްރާފްޓެއް ގަންނަން ބޭނުންވެއެވެ. ވީމާ، މިކުންފުންޏަށް ލޭންޑިންގް ކްރާފްޓެއް ވިއްކަން ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ. ބީލަމުގައި ބައިވެރިވެވޭނީ ބީލަމުގައި ބައިވެރިވުމަށް ފައިސާ ދައްކަވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައިވާ އަގަކީ 500.00ރ އެވެ.

ބީލަންފޮތްތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 24 އޮގަސްޓު 2014 އިން 31 އޮގަސްޓު 2014 އަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ހަވީރު 04:00 އަށް އެމް.ޑަބްލިޔޫ.އެސް.ސީ (ނިކަގަސް ހިނގުން) އިންނެވެ. ބީލަންފޮތް ދޫކުރުން އޮންނާނީ 02 ސެޕްޓެންބަރު 2014 ގެ ރަސްމީގަޑީގައި ފެން ބިލްޑިންގގެ 5 ވަނަ ފަންގިފިލާއިންނެވެ. ޕްރީބިޑް މީޓިންގ ބޭއްވުމަށް ހަމަޖެހިފައިވަނީ 04 ސެޕްޓެންބަރު 2014 ވާ ދުވަހުގެ 10:30 ގައެވެ. އަދި ބިޑް ހުށަހަޅަން ހަމަޖެހިފައިވާ ތާރީޚަކީ 16 ސެޕްޓެންބަރު 2014 ވާ ދުވަހުގެ 10:30 އެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ބިޑް ހުށަހަޅާއިރު -/20،000 ރުފިޔާގެ ބިޑް ސެކިއުރިޓީ ހުށަހަޅުއްވަންވާނެއެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ބަލައިގަނެވޭނީ ބޭންކް ގެރެންޓީ ޗެކް ނުވަތަ ބޭންކް ގެރެންޓީ ލެޓަރއެވެ.

ބިޑް އެވާރޑްކުރެވޭ ފަރާތުން ޕާރފޯމަންސް ގެރެންޓީގެ ގޮތުގައި ބިޑްކުރި އަދަދުގެ %5 ބިޑް އެވާރޑްކުރެވޭތާ 14 ދުވަހުގެ ތެރޭގައި ހުށަހަޅަންވާނެއެވެ.

އިތުރު މައުލޫމާތު ކުންފުނީގެ ވެބްސައިޓް www.mwsc.com.mv އިން ލިބެން ހުންނާނެއެވެ.

 ޕްރޮކިއުމަންޓް ޑިޕާޓްމަންޓް

21 އޮގަސްޓް 2014
ހޯދާ