އެންޓި-ކޮރަޕްޝަން ކޮމިޝަން
ދިވެހިރާއްޖެ
ނަޒާހަތްތެރިކަމުގެ ޤައުމީ އިނާމު 2014

ނަޒާހަތްތެރިކަމުގެ ޤައުމީ އިނާމަކީ ދިވެހިރާއްޖެއިން ކޮރަޕްޝަން ހުއްޓުވުމާއި، މަނާކުރުމުގެ އިތުރުން ނަޒާހަތްތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ހިންގާ ތަފާތު މަސައްކަތްތަކުގެ އަގުވަޒަންކޮށް ހިތްވަރުދިނުމުގެ ގޮތުން ދެވޭ ޤައުމީ އިނާމެކެވެ. މި އިނާމުގައި ހިމެނެނީ ޚާއްޞަ ހަނދާނީ ފިލަޔަކާއި، ހަނދާނީ ލިޔުމެކެވެ.

މި އިނާމު އަމާޒުކުރެވެނީ މައިގަނޑު 4 ދާއިރާއަކަށެވެ. އަދި ހޮވުމަށް ހަމަޖެހިފައިވަނީ ކޮންމެ ދާއިރާއަކުން 1 ވަނައެވެ. ދާއިރާތަކަކީ:

  1. ވަކިވަކި ފަރުދުން
  2. ދައުލަތުގެ މުއައްސަސާތައް
  3. އަމިއްލަ ވިޔަފާރިތައް
  4. ޖަމުޢިއްޔާ ޖަމާޢަތްތައް

އިނާމު ހޮވުމުގައި ބެލޭނެ މައިގަނޑު ކަންތައްތަކަކީ މިއިނާމަށް ނަން ހުށަހެޅޭ ފަރާތުގެ ނަޒާހަތްތެރިކަން، ނަޒާހަތްތެރިކަން ކުރިއަރުވައި ކޮރަޕްޝަނާ ދެކޮޅަށް ކޮށްފައިވާ މަސައްކަތްތައް، ކޮރަޕްޝަން ހުއްޓުވުމަށް ސީދާގޮތުން ޙަރަކާތެރިވެފައިވާ މިންވަރެވެ.

އިނާމަށް ނަން ހުށަހަޅަންވާނީ "ނަޒާހަތްތެރިކަމުގެ ޤައުމީ އިނާމަށް ނަން ހުށަހަޅާ ފޯމު" ންނެވެ. ވަކިވަކި ފަރުދުންގެ ބަޔަށް ނަން ހުށަހަޅަން ޖެހޭނީ 'އިނާމަށް ނަންހުށަހެޅޭ ފަރާތް' ފިޔަވައި އެހެން ފަރާތަކުންނެވެ.

އިނާމަށް ނަންހުށަހަޅާއިރު ހުށަހަޅަންޖެހޭ ތަކެތި:

  1. މައުލޫމާތު ފުރިހަމަކޮށްފައިވާ "ނަޒާހަތްތެރިކަމުގެ ޤައުމީ އިނާމަށް ނަން ހުށަހަޅާ ފޯމު"،
  2. މައުލޫމާތު ފުރިހަމަކޮށްފައިވާ އިނާމަށް ނަން ހުށަހެޅޭ ފަރާތުގެ 'ވަނަވަރު ޓެމްޕްލޭޓް" (ވަނަވަރު ފޯމު)،
  3. މި އިނާމަށް ނަން ހުށަހެޅުމާމެދު އިނާމަށް ނަން ހުށަހެޅޭ ފަރާތުގެ އިޢްތިރާޒެއް ނެތްކަމުގެ ސިޓީ (އަމިއްލަ ފަރުދެއްނަމަ)،
  4. އިނާމަށް ނަން ހުށަހެޅޭ ފަރާތަށް އިނާމް ލިބެންޖެހޭ ސަބަބު ބަޔާންކޮށް ލިޔެފައިވާ ލިޔުން (ގިނަވެގެން 1،000 ބަހުގެ)

ނަންހުށަހަޅާނީ ތިރީގައިވާލިޔުންތަކާއެކު "އެންޓި-ކޮރަޕްޝަންކޮމިޝަން، 2ވަނަފަންގިފިލާ، ހުރަވީބިލްޑިންގ" އަށެވެ. ނަޒާހަތްތެރި ކަމުގެ ޤައުމީ އިނާމުގެ އުޞޫލާއި ފޯމުތައް ކޮމިޝަނުގެ ކައުންޓަރުންނާއި، ވެބްސައިޓުން (www.acc.gov.mv) ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ކޮމިޝަންގެ ނަންބަރު 3015223 / 3015235 ފޯނަށެވެ.

12 އޮގަސްޓް 2014
ހޯދާ