އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
އިންބައުންޑް ޓްރެވެލް އިންޝުއަރެންސް ސަރވިސް ޕާޓްނަރުން ހޯދުމާބެހޭ

އިންބައުންޑް ޓްރެވެލް އިންޝުއަރެންސް ވިއްކައިދޭނެ ޤާބިލު ސަރވިސް ޕާރޓްނަރުން ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ޝަރުޠުތައް ފުރިހަމަވާނަމަ، އެޕްލިކޭޝަން ފޯމު ފުރުމަށްފަހު 31 ޑިސެންބަރު 2014 ވަނަ ދުވަހުގެ ކުރިން ތިރީގައި މިވާ އީމެއިލް އެޑްރެހަށް ނުވަތަ އެލައިޑް އިންޝުއަރެންސްގެ ހެޑް އޮފީސް ( ފެން ބިލްޑިންގ، ދެވަނަ ފަންގިފިލާ) އަށް އެޕްލިކޭޝަން ހުށަހަޅުއްވައިދެއްވުން އެދެމެވެ.

އީމެއިލް އެޑްރެސް : [email protected] 

އެޕްލިކޭޝަން ފޯމު ލިބިވަޑައިގަންނަވާނީ މި ކުންފުނީގެ ހެޑް އޮފީހުންނާއި، އެލައިޑްގެ ވެބްސައިޓުންނެވެ.

ޝަރުޠުތައް:

  • އިންޓަރނެޓް ކަނެކްޝަން ހުރި ތަނެއް ކަމުގައިވުން
  • ކޮމްޕިއުޓަރ ސިސްޓަމް އަދި ޕްރިންޓް ކުރުމުގެ އިންތިޒާމު ހަމަޖެހިފައިވުން
  • ރެޖިސްޓަރ ކުރެވިފައިވާ ވިޔަފާރިއަކަށްވުން
  • ޚިދުމަތް ދޭނެ ވަކި އައުޓްލެޓެއް ހުރުން
  • ވިޔަފާރި ހިންގުމުގައި މަދުވެގެން އެއް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން
  • ވެރިފަރާތް ނުވަތަ ވިޔަފާރީގެ ނަމުގައި ބޭނުން ކުރެވޭ ކްރެޑިޓް ނުވަތަ ޑެބިޓް ( ވިސާ، މާސްޓަރ ނުވަތަ އެމެކްސް) ކާޑެއް އޮތުން
  • ބޭންކް އޮފް މޯލްޑިވްސްގައި އެކައުންޓެއް އޮތް ފަރާތަކަށްވުން
  • މުއާމަލާތް ކުރާ ފަރާތަކީ ދިވެހި ބަހާއި އިނގިރޭސި ބަހަށް ފަރިތަ މީހެއް ކަމުގައި ވުން

ހުށައަޅަން ޖެހޭ ތަކެތި:

  • ފުރިހަމަ ކުރެވިފައިވާ އެޕްލިކޭޝަން ފޯމު
  • ވިޔަފާރީގެ ރެޖިސްޓްރޭޝަން ކޮޕީ
  • ވެރިފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ
  • ޚިދުމަތް ދޭ އައުޓްލެޓްގެ ފޮޓޯ

30 ރަޖަބު 1435

29 މޭ 2014
ހޯދާ