މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
އިންފޮމޭޝަން އޮފިސަރުން ކަނޑައެޅުން

އާންމު އިޢުލާނު

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 1/2014 ނަންބަރު ޤާނޫނު، "މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު" ގެ ދަށުން ދައުލަތުގެ އިދާރާތަކުން ރައްޔިތުންނަށާއި އަދި މަޢުލޫމާތު ބޭނުންފުޅުވާ އެންމެހާ ފަރާތްތަކަށް ހާމަކަން ބޮޑުގޮތެއްގައި މަޢުލޫމާތުތައް ފޯރުކޮށްދިނުމުގެ މަސައްކަތްކުރުމަށް ތިބުމަށް ޤާނޫނު އަސާސީ ލާޒިމުކުރާ އިންފޮމޭޝަން އޮފިސަރުން ކަނޑައެޅުމާގުޅޭގޮތުން ދަންނަވަމެވެ.

މިކުންފުނިން ރައްޔިތުންނަށް ދެވޭ އެކިއެކި ޚިދުމަތްތަކާއި އަދި މިނޫންވެސް މިކުންފުނިން ހާމަކުރަންޖެހޭ އެންމެހާ މައުލޫމާތުތައް ހާމަކުރުމުގެ ޒިންމާ އަދާކުރުމަށް މިއަދުންފެށިގެން މިކުންފުނީގެ ތިރީގައި މިދަންނަވާ 2 (ދޭއް) މުވައްޒަފުން ކަނޑައެޅިފައިވާ ވާހަކަ ތިޔަ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

ވީމާ، މިކުންފުނިން ހޯދަން ބޭނުންވާ މަޢުލޫމާތުތައް ހޯދުމުގައި ތިރީގައި މިދަންނަވާ ފަރާތްތަކާ ގުޅުއްވައިގެން ކުރިއަށް ގެންދިއުމަށްވެސް ދަންނަވަމެވެ.

ނަން

ހައިސިއްޔަތު

މޮބައިލް ފޯނު ނަންބަރު

އީ-މެއިލް އެޑްރެސް

އިބްރާޙިމް އަފްޞަލް

އިންފޮމޭޝަން އޮފިސަރ

7778443

[email protected]

އަހުމަދު އާޠިފް

އެސިސްޓަންޓް އިންފޮމޭޝަން އޮފިސަރ

7928651

[email protected]

12 އޮގަސްޓް 2014
ހޯދާ