ޤައުމީ ކުތުބުޚާނާ
ދިވެހިރާއްޖެ
ޢާންމު މަޢުލޫމާތު

އިޢުލާން

މެމްބަރޝިޕް ކާޑާއިބެހޭ

       ޤައުމީ ކުތުބުޚާނާގެ މެމްބަރޝިޕް ކާޑުގެ ގޮތުގައި ނެޝަނަލް އައިޑެންޓިޓީ ކާޑު (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު) ބޭނުން ކުރާ ގޮތަށް ހަމަޖައްސައި، 2013 ޖޫން 01 ށް ފެށިގެން މިގޮތަށް އަމަލުކުރާގޮތަށް ހަމަޖައްސައިފީމެވެ.

  1. މިގޮތަށް ހަމަޖެއްސުމުން ޤައުމީ ކުތުބުޚާނާގެ މެމްބަރަކަށް ވުމަށް ހުށައަޅާފަރާތްތަކަށް މެމްބަރޝިޕް ކާޑުގެ ގޮތުގައި ނެޝަނަލް އައިޑެންޓިޓީ ކާޑު ބޭނުންކުރެވޭނެއެވެ.
  2. މިހާރު މެމްބަރޝިޕް ކާޑު ބޭނުންކުރާ ފަރާތްތަކުން މެމްބަރޝީޕް ކާޑް އާކުރަންދެން މިހާރު ބޭނުންކުރަމުން ގެންދާ މެމްބަރޝިޕް ކާޑު ބޭނުންކުރެވޭނެއެވެ.
  3. މެމްބަރޝީޕް ކާޑުގެ ބަދަލުގައި ނެޝަނަލް އައިޑެންޓިޓީ ކާޑު ބޭނުންކުރަން ބޭނުންފުޅުވާ މެމްބަރުންނަށް ނެޝަނަލް އައިޑެންޓިޓީ ކާޑަށް ބަދަލުކުރުމުގެ ފުރުޞަތު އޮންނާނެއެވެ.
  4. މެމްބަރޝިޕް ކާޑުގެ ގޮތުގައި ނެޝަނަލް އައިޑެންޓިޓީ ކާޑު ބޭނުންކުރައްވާ ފަރާތްތަކަށް ކާޑު ހެދުމަށް ދައްކަންޖެހޭ ފީ ދައްކަންނުޖެހޭނެއެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3323943 ނަންބަރު ފޯނާއެވެ. 

05 ރަޖަބު 1434      

15 މޭ 2013
ހޯދާ