ޤައުމީ ކުތުބުޚާނާ
ދިވެހިރާއްޖެ
މެމްބަރޝިޕް ކާޑާބެހޭ

      ޤައުމީ ކުތުބުޚާނާގެ މެމްބަރޝިޕް ކާޑުގެ ގޮތުގައި ނެޝަނަލް އައިޑެންޓިޓީ ކާޑު (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު) ބޭނުން ކުރާ ގޮތަށް ހަމަޖައްސައި، 2013 ޖޫން 1 އިން ފެށިގެން މި ގޮތަށް އަމަލުކުރަމުން ގެންދިއުމަށް ހަމަޖައްސައިފީމެވެ.

  1. މިގޮތަށް ހަމަޖެއްސުމުން ޤައުމީ ކުތުބުޚާނާގެ މެމްބަރަކަށް ވުމަށް ހުށަހަޅާފަރާތްތަކަށް މެމްބަރޝިޕް ކާޑުގެ ގޮތުގައި ނެޝަނަލް އައިޑެންޓިޓީ ކާޑު ބޭނުންކުރެވޭނެއެވެ.
  2. މިހާރު މެމްބަރޝިޕް ކާޑު ބޭނުންކުރާ ފަރާތްތަކުން މެމްބަރޝީޕް ކާޑު އާކުރަންދެން މިހާރު ބޭނުންކުރަމުން ގެންދާ މެމްބަރޝިޕް ކާޑު ބޭނުންކުރެވޭނެއެވެ.
  3. މެމްބަރޝީޕް ކާޑުގެ ބަދަލުގައި ނެޝަނަލް އައިޑެންޓިޓީ ކާޑު ބޭނުންކުރަން ބޭނުންފުޅުވާ މެމްބަރުންނަށް ނެޝަނަލް އައިޑެންޓިޓީ ކާޑަށް ބަދަލުކުރުމުގެ ފުރުޞަތު އޮންނާނެއެވެ.
  4. މެމްބަރޝިޕް ކާޑުގެ ގޮތުގައި ނެޝަނަލް އައިޑެންޓިޓީ ކާޑު ބޭނުންކުރައްވާ ފަރާތްތަކަށް ކާޑު ހެދުމަށް ދައްކަންޖެހޭ ފީ ދައްކަންނުޖެހޭނެއެވެ.

     މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3323943 ނަންބަރު ފޯނަށެވެ. 

      5 ރަޖަބު 1434      

15 މޭ 2013
ހޯދާ