މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
މެއިންޑޭޓަށް އައި ބަދަލާގުޅިގެން ނޫސް މަޖައްލާގެ ކޮޕީ ފޮނުވުމުގައި ޢަމަލުކުރަންވީ ގޮތް

އިޢުލާން

މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ މެއިންޑޭޓަށް އައި ބަދަލާގުޅިގެން، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން ކުރަމުން ގެންދިޔަ މީޑިޔާގެ މަސައްކަތްތައް މިހާރުވަނީ މި މިނިސްޓްރީއަށް  ބަދަލުވެފައެވެ.

ނޫސް މަޖައްލާ ޝާއިޢުކުރުމާ ބެހޭ ގަވާއިދުގެ 13 ވަނަ މާއްދާގައި ބުނެފައިވާފައިވާ ގޮތުގެ މަތިން، ނޫސް މަޖައްލާ ފަދަ ތަކެތި ޗާޕުކޮށްގެން ނެރުމާއެކު، މަޖައްލާއެއް ނުވަތަ ނޫހެއްގެ 2 ކޮޕީ، މަޖައްލާއެއް ނުވަތަ ނޫހެއް ނެރޭ ފަރާތުން މިނިސްޓްރީ އޮފް ހޯމްއެފެއާޒަަަށް ފޮނުވަން ވާނެއެވެ. މިގޮތުން މާލޭގައި ނަމަ މަޖައްލާއެއް ނުވަތަ ނޫހެއް ނެރުމާއެކު އަދި ރާއްޖޭގެ ރަށެއްގައި ނަމަ މަޖައްލާއެއް ނުވަތަ ނޫހެއް ނެރޭތާ 10 ދުވަހުގެ ތެރޭގައި މިނިސްޓްރީ އޮފް ހޯމްއެފެއާޒަށް ފޮނުވަންވާނެއެވެ.

ވީމާ، މިގަވާއިދުގައި ބަޔާންކޮށްފައިވާ ފަދައިން ޗާޕުކޮށް ނެރޭ ނޫސް މަޖައްލާތައް ގަވާއިދުން  މި މިނިސްޓްރީ އަށް ފޮނުއްވަމުން ގެންދެވުމަށް ދެންނެވީމެވެ.

23 ރަމަޟާން 1435

21 ޖުލައި 2014
ހޯދާ