މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ފިޝްމީލަށް ވެޓެރިނަރީ ސެޓުފިކެޓު ދޫކުރުމާގުޅޭ

މި މިނިސްޓްރީން ކުރަމުން ގެންދިޔަ މަސައްކަތެއްކަމުގައިވާ ފިޝްމީލަށް ވެޓެރިނަރީ ސެޓުފިކެޓު ދޫކުރުން މިހާރު ވަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ދަށަށް ބަދަލުކުރެވިފައެވެ. މީގެފަހުން ފިޝްމީލަށް ވެޓެރިނަރީ ސެޓުފިކެޓު ދޫކުރުމުގެ އެންމެހާ މަސައްކަތްތައް ކުރަމުން ގެންދާނީ އެއޮތޯރިޓީންނެވެ. އެހެންކަމުން ފިޝްމީލް އެކްސްޕޯރޓްކުރުމުގެ ސެޓުފިކެޓަށް އެދޭ ފަރާތްތަކުން އެ އޮތޯރިޓީއަށް ހުށަހެޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

 24 ރަމަޟާން 1435

22 ޖުލައި 2014
ހޯދާ