މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ފަޤީރުންގެ ގޮތުގައި ނަންނޯޓުކުރުމާބެހޭ

2014 ވަނަ އަހަރުގެ ފަޤީރުންގެ ގޮތުގައި ނަން ނޯޓުކުރުމަށް ހުޅުވާލެވުނު މުއްދަތުގެ ތެރޭގައި އެކިއެކި ސަބަބުތައް މެދުވެރިވެގެން ނަންނޯޓު ނުކުރެވޭ ފަރާތްތަކަށް ފުރުޞަތު ދިނުމުގެ ގޮތުން 19 ޖުލައި 2014 (21 ރަމަޟާން 1435) ވާ ހޮނިހިރު ދުވަހު ނަންނޯޓު ކޮށްދޭގޮތަށްވަނީ ހަމަޖެހިފައެވެ.

ވީމާ، މިހާތަނަށް އެކިއެކި ސަބަބުތައް މެދުވެރިވެގެން ފަޤީރުންގެ ގޮތުގައި ނަންނޯޓު ނުކުރެވިވާ ފަރާތްތަކުން 19 ޖުލައި 2014 ވާ ހޮނިހިރު ދުވަހު ނަން ނޯޓުކުރެއްވުންއެދެމެވެ. މާލެސިޓީގައި ދިރިއުޅޭ ފަޤީރުންގެ ނަންނޯޓުކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި، ވިލިމާލެއޮފީހުގައެވެ.

އަދި ދަންނަވަމެވެ. މިތާރީޚުގެ ފަހުން ނަންނޯޓު ކުރުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދެންނެވީމެވެ. 

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

17 ރަމަޟާން 1435

15 ޖުލައި 2014
ހޯދާ