މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ފިޠުރު ޢީދު ބަންދު

1435 ވަނަ އަހަރުގެ ފިޠުރު ޢީދުގެ މުނާސަބަތުގައި 25 ޖުލައި 2014 އިން 2 އޮގަސްޓު 2014 އަށް ސަރުކާރު ބަންދު ކުރުމަށް ހަަމަޖެއްސެވުމާގުޅިގެން   30 ޖުލައި 2014 ވާ ބުދަ ދުވަހަކީ އެމްއެމްއޭ އިން ބޭންކިންގ ޚިދުމަތް ދިނުމަށްޓަކައި ހުޅުވިފައި ހުންނާާނެ ދުވަހެއްގެ ގޮތުގައި ހަމަޖައްސައި މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

ބޭންކިންގ ޚިދުމަތް (ފައިސާ ބަލައިގަނެ ދޫކުރުމުގެ ޚިދުމަތް): ހެނދުނު 10:30 އިން މެންދުރު 1:00 އަށް.

ސިޓީ އާއި ތަކެތި ބަލައިގަތުން: ހެނދުނު 10:30 އިން މެންދުރު 1:00 އަށް.

16 ރަމަޟާން 1435 ހ.                                                                       

14 ޖުލައި 2014
ހޯދާ