މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ބޮލާޑް ޕުލް ޓަގު ބޯޓެއް ގަންނަން ބޭނުންވެއްޖެ

އިޢުލާން

މި ކުންފުނީގެ ބޭނުމަށް 13 އާއި 17 އާ ދެމެދު ޓަނޭޖުގެ ބޮލާޑް ޕުލް ޓަގު ބޯޓެއް ގަންނަން ކުރެވުނު MPL-PRC/TND/2014/003 އިޢުލާނާ ގުޅިގެން އެކަށީގެންވާ އަގެއް ހުށަހަޅާފައި ނުވާތީ އެ އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.

ވީމާ، ޓަގު ބޯޓު ވިއްކަވަން ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް މި ބީލަމުގެ ބީލަން ފޮތްތައް 03 އޮގަސްޓް 2014 އިން 12 އޮގަސްޓް 2014 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 15:30 އަށް މި ކުންފުނީގެ ފައިސާ ބަލައިގަންނަ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. ބީލަން ފޮތެއްގެ އަގަކީ -/500 ރ (ފަސް ސަތޭކަ ރުފިޔާ) އެވެ. ފައިސާ ދެއްކެވުމުން ބީލަން ފޮތުގެ ސޮފްޓްކޮޕީ ލިބިވަޑައިގަންނަވާނެއެވެ. މި ޕްރޮޖެކްޓްގެ ޕްރީބިޑް މީޓިންގ އޮންނާނީ 02 ސެޕްޓެންބަރު 2014 ވާ އަންގާރަ ދުވަހުގެ 14:00 ގައި، މި ކުންފުނީގެ ހެޑްއޮފީހުގައެވެ.

ބީލަން ހުށައަޅާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި -/25000ރ ބަހައްޓަންވާނެއެވެ. އަދި ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި ބިޑްކުރާ ފައިސާގެ ޖުމުލަ އަގުގެ ބަހައްޓަން ޖެހޭނެއެވެ.

އަދި، އަންދާސީހިސާބުތައް ހުޅުވުން އޮންނާނީ 23 ސެޕްޓެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 14:00 ގައި މި ކުންފުނީގެ ހެޑް އޮފީހުގައެވެ. ބިޑްތައް ހުށަހަޅާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބިޑް ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

12 ރަމަޟާން 1434

10 ޖުލައި 2014
ހޯދާ