ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން
ދިވެހިރާއްޖެ
ރާއްޖޭގައި މަސައްކަތްކުރަން އަންނަ އިންޑިޔާ ރައްޔިތުންގެ އެގްރީމަންޓްގައި ތައްގަނޑު ޖެހުން

ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނުގެ 15 ވަނަ މާއްދާގެ ދަށުން  ރާއްޖޭގައި ވަޒީފާ އަދާ ކުރުމަށް އަންނަ އިންޑިޔާގެ ރައްޔިތުންގެ ތެރެއިން ދިވެހިސަރުކާރުގެ ވަޒީފާ އަދާކުރުމަށް އަންނަ މީހުންނާއި ޕަބްލިކް ކުންފުނިތަކުގެ ވަޒީފާއަށް އަންނަ މީހުން ފިޔަވައި އެހެނިހެން ފަރާތްތަކުގެ ވަޒީފާއަށް އަންނަ މީހުންނަށް  01 މެއި 2013 އިން ފެށިގެން އެމްޕްލޯއިމަންޓް އެޕްރޫވަލް (އީ.އޭ) ދޫކުރާނީ  ވަޒީފާ އެގްރީމަންޓް ނުވަތަ ކޮންޓްރެކްޓްގައި ދިވެހިރާއްޖޭގައި ހުންނަ އިންޑިޔާ ހައި ކޮމިޝަނުން އެޕްރޫވްކޮށް ތައްގަނޑު ޖަހައި، އިމިގްރޭޝަން އޮންލައިން އެކްސްޕެޓް ސިސްޓަމަށް އަޕްލޯޑްކޮށްފައިވާ ވަޒީފާ އެގްރީމަންޓް ނުވަތަ ކޮންޓްރެކްޓް ލިބިފައިވާ ފަރާތްތަކަށް ކަމުގައި ހުރިހާ ފަރާތްތަކުގެ މަޢުލޫމާތަށް ޓަކައި ދަންނަވަމެވެ.  

08 އޭޕްރިލް 2013
ހޯދާ