ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން
ދިވެހިރާއްޖެ
ރާއްޖެއަށް އެތެރެވުމަށް ޕާސްޕޯރޓުގެ ބަދަލުގައި ސީމަން ފޮތް ބޭނުން ކުރުމާބެހޭ

މިހާރަކަށް އައިސް ބައެއް އުޅަނދުފަހަރުގެ ފަޅުވެރިން ޕާސްޕޯޓުގެ ބަދަލުގައި ސީމަން ފޮތް, ރާއްޖެއަށް އެތެރެވުމަށް ބޭނުން ކުރަމުންދާކަން ވަނީ ފާހަގަ ކުރެވިފައެވެ. ސީމަން ފޮތަކީ ދަތުރުފަތުރު ކުރުމުގައި ޓުރެވަލް ޑޮކިއުމަންޓެއްގެ ގޮތުގައި ބޭނުންކުރުމަށް ދޫކުރެވޭ ލިޔުމެއް ނޫންކަމަށްވާތީ، މިފަދަ ޑޮކިއުމަންޓެއް ބޭނުންކޮށްގެން ކަނޑުމަގުން ރާއްޖެއަށް އަންނަ އުޅަނދުފަހަރުގައި އަންނަ ފަރާތްތައް ރާއްޖެއަށް އެތެރެކުރެވޭނީ އެފަރާތްތަކުގެ ޕާސްޕޯޓުގައިކަން އެފަދަ އުޅަނދުފަހަރުގެ ދަތުރުތައް ރާވައި ހިންގާ ފަރާތްތަކަށް ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ. އަދި ކަނޑުއުޅަނދުފަހަރުގެ ދަތުރުތައް ރާވައި ހިންގާ ފަރާތްތައް މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށްވެސް ދަންނަވަމެވެ.

19 ޝަޢުބާން 1435

17 ޖޫން 2014
ހޯދާ