މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
އިޢުލާނު ބާޠިލުކުރުން

ދަނޑުވެރިކަމުގެ މަސައްކަތް ކުރުމަށް ކުއްޔަށް ދިނުމަށްޓަކައި ބީލަމަށް ހުޅުވާލާފައިވާ ހދ. ހޮނޑައިދޫއާ ބެހޭގޮތުން، މި މިނިސްޓްރީއަށް ރައްދުވާ ގޮތަށް ސިވިލްކޯޓަށް ހުށަހެޅިފައިވާ މައްސަލައެއް އެ ކޯޓުގައި ހިނގަމުންދާތީ ހދ. ހޮނޑައިދޫގެ ބިޑިންގ ޕްރޮސެސް ކުރިއަށް ގެންދެވެން ނެތުމާއެކު މި މިނިސްޓްރީގެ ނަންބަރު (IUL)30-E/1/2013/22 (9 އޭޕްރީލް 2013) އިޢުލާނު ބާޠިލު ކޮށްފީމެވެ.

އެ އިޢުލާނާ ގުޅިގެން 22 މެއި 2013 ވާ (ބުދަ) ދުވަހު 10.00 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕްރޮފޯސަލް ބަލައިގަތުންވެސް  ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.

4 ރަޖަބު 1434

14 މޭ 2013
ހޯދާ