މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގާފަރަށް އެހެލާ، ރަށުންބޭރުގެ އޮޑި ދޯނިފަހަރުން ބިމުކުލި ނެގުމާބެހޭ

މި ރަށަށް އެހެލާ،  ރަށުންބޭރު އޮޑި ދޯނި ފަހަރުން،  1 ޖޫން 2013 އިން ފެށިގެން ބިމުކުލި ނެގުމަށް، 8 މެއި 2013 ވަނަ ދުވަހު ބޭއްވުނު މި ކައުންސިލްގެ 14 ވަނަ ޖަލްސާ އިން ވަނީ ނިންމާފައެވެ. ވުމާއެކު، 1 ޖޫން 2013 އިން ފެށިގެން މި ރަށަށް އެހެލާ، ރަށުންބޭރުގެ އޮޑި ދޯނި ފަހަރުން ތިރީގައި މިދަންނާވާ އުޞޫލުގެ މަތިން ބިމުކުލި ނަގަމުން ގެންދެވޭނެކަން ޢާންމުކޮށް އަންގައި އިޢުލާން ކުރަމެވެ. އަދި މިހާރު މި ރަށަށް، ރަށުންބޭރު އެއްވެސް އުޅަނދެއް އެހެލާފައިވާނަމަ، އެ އުޅަނދެއްގެ ވެރިފަރާތުން ނުވަތަ އެ އުޅަނދަކާ ޙަވާލުވެގެން ހުރި ފަރާތަކުން 7 ދުވަހުގެ ތެރޭގައި ލިޔުމަކުން އެކަން ގާފަރު ކައުންސިލްގެ އިދާރާ އަށް އެންގެވުން އެދެމެވެ.

ގާފަރަށް އެހެލާ، ރަށުންބޭރުގެ އޮޑި ދޯނިފަހަރުން ބިމުކުލި ނެގުމަށް ހަމަޖެހިފައިވާ އުޞޫލު

1-    ރަށުން ބޭރުގެ އޮޑި ދޯނިފަހަރު އެހެލަންވާނީ  ގާފަރު ކައުންސިލްގެ ހުއްދަ ލިބިގެންނެވެ.

2-    އޮޑި ދޯނިފަހަރުން ކުލި ނެގޭނީ، އެ އުޅަނދެއް އެހެލިތާ 24 ގަޑިއިރު ހަމަވުމަށްފަހު އެވެ.

3-    ކުލި ނަގާނީ އުޅަނދުގެ ދިގުމިނާއި ފުޅާމިނަށް ބަލައިގެން، އެ އުޅަނދެއްގެ ހުންނަ އަކަފޫޓަކަށެވެ.

4-    އުޅަނދެއްގެ ފުޅާމިން  ކަމުގައި ބަލާނީ، އެ އުޅަނދުގެ އެންމެ ފުޅާ ހިސާބުގެ މިނެވެ.

5-    ކުލި ނަގާނީ އަކަފޫޓަކަށް  ދުވާލަކަށް 10/- ލާރި އެވެ.

6-    އުޅަނދު އެހެލާ ފަރާތުން އެހެލަންވާނީ އުޅަނދުގެ ކުލީގެ ގެރެންޓީ ދޭނެ ފަރާތެއް ހަމަޖެއްސުމަށްފަހު އެވެ. އަދި އެފަރާތަކީ ގާފަރުގެ ރައްޔިތެއް ކަމުގައި ވާންވާނެއެވެ. އަދި މި ގެރެންޓީ އަށް ޒިންމާވާ ފަރާތުން ޒިންމާވާނެ ކަމަށް ބަޔާންކޮށް ލިޔުމަކުން އެކަން ގާފަރު ކައުންސިލަށް ހުށަހަޅަން ވާނެއެވެ.

7-    އުޅަނދުގެ ވެރިފަރާތުން ނުވަތަ އުޅަނދު އެހެލި ފަރާތުން ކުލި ނުދައްކައިފިނަމަ، ގެރެންޓީއަށް ޒިންމާވާ ފަރާތުން ކުލި ދައްކަން ވާނެއެވެ.

8-    އުޅަނދުގެ މަސައްކަތް ނިމި، އުޅަނދުބާލާތާ 72 ގަޑި އިރުގެ ތެރޭގައި ކުލި ދައްކަވައި ނިންމަވަން ވާނެއެވެ.

9-    މުއްދަތު ހަމަވުމަށްފަހު ކުލި ބަލައި ގަނެވޭނީ އިތުރުވާ ކޮންމެ ދުވަހަކަށް ކުލީގެ %5 ގެ ޖޫރިމަނާ އާ އެކު އެވެ.

       2  ރަޖަބު  1434

12 މޭ 2013
ހޯދާ