މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
މަސްވެރިކަންކުރާ އުޅަނދުފަހަރުގައި އެޅުމަށް ރާއްޖެއަށް އެތެރެކުރާ މެރިން ޑީސަލް އިންޖީނުގެ ޑިޔުޓީ މަޢާފުކުރުމާބެހޭ

      ނަންބަރު    (IUL)30-B/1/2013/23 (14 އޭޕްރިލް 2013)  އިޢުލާނާއެކު 18 އޭޕްރިލް 2013ގައި ގެޒެޓުގައި ޝާއިޢުކޮށްފައިވާ " އިމްޕޯޓް ޑިޔުޓީ މަޢާފުކޮށްފައިވާ އިންޖީނު އަޅާ އުޅަނދުފަހަރުގެ އޮޑިވެރިން އެ އުޅަނދުފަހަރާމެދު ޢަމަލު ކުރަންޖެހޭ އުޞޫލު"  އާ އެއްގޮތްވާގޮތުގެ މަތިން  "މަސްވެރިކަންކުރާ އުޅަނދުފަހަރުގައި އެޅުމަށް ރާއްޖެއަށްއެތެރެކުރާ މެރިން ޑީސަލް އިންޖީނުގެ ޑިޔުޓީ މަޢާފުކުރުމަށް އެދޭ ފޯމު"  އިން ޑިޔުޓީ މަޢާފުކޮށްދިނުމަށް އެދި ހުށަހަޅަންޖެހޭނީ އިސްވެ ދެންނެވުނު އުޞޫލު ގެޒެޓުގައި ޝާޢިޢުކޮށްފައިވާ ތާރީޚު ކަމުގައިވާ 18 އޭޕްރިލް 2013  ގެ ނިޔަލަށް މޯލްޑިވްސް ކަސްޓަމްސް ސާރވިސަސް އަށް ޑިޔުޓީ ދައްކާފައިނުވާ އިންޖީނުކަމުގައި ދަންނަވައި ޢާންމުކޮށް  އިޢުލާން ކުރީމެވެ.

                        5 ރަޖަބު  1434

15 މޭ 2013
ހޯދާ