މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
ދިވެހިރާއްޖެ
ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ބާޠިލުވުން

ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 30ވަނަ މާއްދާގެ (ނ)ގައި އަދި ބްރޯޑްކާސްޓްކުރުމުގެ ގަވައިދުގެ 14ވަނަ މާއްދާގެ (ށ)ގެ 3ގައި، ބްރޯޑްކާސްޓްކުރަން ފެށުމަށް ކަނޑައަޅާފައިވާ ތާރީޚުން ފެށިގެން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ބްރޯޑްކާސްޓްކުރަން ފަށައިފައި ނުވާނަމަ ލައިސަންސް ބާޠިލުވާނެކަން ބަޔާންކޮށްފައިވާތީއާއި މި ކޮމިޝަނުން ލައިސަންސް ދޫކުރާ ތާރީޚުން ފެށިގެން 12 މަސް ހަމަވާ ތާރީޚަކީ ޚިދުމަތް ފެށުމަށް ކަނޑައަޅާ ތާރީޚުކަމަށާއި އަދި މީގެ އިތުރަށް ހިނގާ 12 މަސްދުވަހުގެ ފަހުން ބްރޯޑްކާސްޓްކުރަން ފަށާފައިނުވާނަމަ ލައިސަންސް ބާޠިލުވާނެކަން މި ކޮމިޝަނުގެ ނަމްބަރު.  IUL)427-LCM/PRIV/2013/6) (21 ފެބުރަވަރީ 2013)  އިޢުލާނުން ކަނޑައަޅާފައިވާތީ، ޤާނޫނާ އެއްގޮތްވާގޮތުގެ މަތީން ތިރީގައި ބަޔާންކޮށްފައިވާ ޗެނަލުން ބްރޯޑްކާސްޓްކުރަން ފަށާފައިނުވާތީ، އެ ޗެނެލްގެ ވެރިފަރާތަށް ދޫކޮށްފައިވާ ލައިސަންސް ބާޠިލުވެފައިވާކަން އާންމުކޮށް އަންގައި އިޢުލާންކުރަމެވެ.

ޗެނެލްގެ ނަން:  ދިވެހި ޓީވީ

ލައިސަންސް ދޫކޮށްފައިވާ ކުންފުނި:      މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން

ލައިސަންސް ނަންބަރު:  427-LCM/PSB(TV)/2012/18

ލައިސަންދޫކޮށްފައިވާ ތާރީޚު: 03 ޖޫން 2012    

ބްރޯޑްކާސްޓްކުރަން ފެށުމަށް ކޮމިޝަނުން ކަނޑައަޅާފައިވާ ތާރީޚު:   02 ޖޫން 2013

ބްރޯޑްކާސްޓްކުރަން ފަށާފައި ނުވުމުގެ ސަބަބުން ލައިސަންސް ބާޠިލުވާ ތާރީޚު: 02 ޖޫން 2014

11 ޝަޢުބާން 1435

09 ޖޫން 2014
ހޯދާ