މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުތަކާއި ގޯޅިތަކުގައި ބަހައްޓާފައި ހުންނަ ޕެލެޓްތައް ނަގަން އެންގުން

މިހާރަކަށް އައިސް މަގުތަކާއި ގޯޅިތަކުގައި އެކި ބާވަތުގެ ޕެލެޓް އެތުރުން އިތުރުވަމުންދާކަން ފާހަގަ ކުރެވެއެވެ. އެގޮތުން އަތުރާ ޕެލެޓްގެ ބާވަތްތަކުގެތެރެއިން އެއްބާވަތަކީ ލަކުޑި ޕެލެޓެވެ. ލަކުޑި ޕެލެޓްގެ ސަބަބުން ހިނގާ މީހުންނަށް އެކިކަހަލަ ގެއްލުން ލިބި، ދުއްވާތަކެތީގެ ފުރޮޅު ފެޅުންފަދަ ހާދިސާތައް ދިމާވުމުގެ ޝަކުވާ މިއިދާރާއަށް ލިބެމުންދެއެވެ.

މަގުމަތީގައާއި ގޯޅީގައި ޕެލެޓް ބެހެއްޓުމަކީ މިއިދާރާގެ ނަންބަރު (IUL)425-D/425/2011/7 ( 27 ޑިސެންބަރު 2011 ) ގެ އިޢުލާނުން މަނާކޮށް އިޢުލާނު ކޮށްފައިވާ ކަމެކެވެ.

ވީމާ، މީގެފަހުން މާލޭސިޓީގެ މަގުތަކާއި ގޯޅިތަކުގައި، ގޭގެއާއި ފިހާރަ، ސައިހޮޓާ ކެފޭ އަދި ގުދަންފަދަ ތަންތަނުގެ ކުރިމަތީގައި ބަހައްޓާ ޕެލެޓްގެ ބާވަތްތައް މިއިދާރާއިން ނަގަމުންދާނެކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

 

28 މޭ 2014
ހޯދާ