މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުމަތީގައި ގަވާއިދާ ޚިލާފަށް ބަހައްޓާފައި ހުންނަ ތަކެތި ނެގުމާބެހޭ

މާލޭ ސިޓީގެ (މާލެ، ވިލިނގިލި، ހުޅުމާލޭގެ) މަގުމައްޗާއި ޕާކުތައްފަދަ ތަންތަނާއި އެ ނޫންވެސް އެފަދަ ތަންތަނުގައި ގަވާއިދާ ޚިލާފަށް ބަހައްޓާފައިވާ، ގަސްމުއްޓާއި ޢިމާރާތް ކުރުމަށް ބޭނުން ކުރާ ސާމާނާއި ގޮނޑި، ޖޯލި ފަދަ ތަކެތި ނެގުމަށް ތަކުރާރުކޮށް މި އިދާރާއިން ވަނީ އެންގިފައެވެ.

ނަމަވެސް މިހާރަކަށް އައިސް މާލޭ ސިޓީގައި ގަވާއިދާ ޚިލާފަށް އެފަދަތަކެތި ބެހެއްޓުން ޢާންމުވަމުން ދާތީ، މާލޭ ސިޓީގެ މަގުމައްޗާއި ޕާކުތައް ފަދަ ތަންތަނާއި އެ ނޫންވެސް އެފަދަ ތަންތަނުގައި ބަހައްޓާފައިވާ ތަކެތި ނެގުމަށް ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

އަދި އެގޮތަށް ބަހައްޓާފައިވާ ތަކެތީގެ ވެރިފަރާތް އެނގޭނަމަ، އެތަކެތި ނެގުމަށް، މި އިދާރާގެ ސުޕަވައިޒަރުން އަންގަމުން ގެންދާނެކަމަށާއި އެ އެންގުމާ އެއްގޮތަށް ތަކެތި ނުނަގައި ހުރެއްޖެނަމަ، އެތަކެތި ނަގައި ނައްތާލެވޭނެ ވާހަކަވެސް ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

30 ރަޖަބު 1435

29 މޭ 2014
ހޯދާ