މިނިސްޓްރީ އޮފް ހެލްތް އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި މިދާއިރާގައި މަސައްކަތް ކުރައްވާ އެކިއެކި ފަރާތްތަކުގެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ދެވޭ ޚާއްޞަ އެވޯޑް

އިޢުލާން

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި މިދާއިރާގައި މަސައްކަތް ކުރައްވާ އެކިއެކި ފަރާތްތަކުގެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ދެވޭ ޚާއްޞަ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފައިވާކަން އާންމުކޮށް އިއުލާންކުރީމެވެ. އެވޯޑަށް ކުރިމަތި ލުމުގެ އެންމެފަހު ތާރީޚަކީ 12 ޖޫން 2014 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިންނެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި މިދާއިރާގައި މަސައްކަތް ކުރައްވާ އެކިއެކި ފަރާތްތަކުގެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ދެވޭ ޚާއްޞަ އެވޯޑް

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ލާބަޔަށް މަސައްކަތްކުރާ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްޤުތައް ހިމާޔަތްކުރާ ކައުންސިލްގެ ފަރާތުން ކޮންމެ 2 އަހަރުން 1 އަހަރު އެވޯޑެއް ދިމުނުމަށް ނިންމާފައިވާތީ، މި އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ.    

އެވޯޑް ދިނުމަށް ހަމަޖެހިފައިވާ ދާއިރާތައް:

1- ނުކުޅޭދުންތެރިކަން ހުންނަ ފަރާތްތައް (5 ފަރާތެއް)

2- ތަޢުލީމް ފޯރުކޮށްދިނުމުގެ ދާއިރާ (2 ފަރާތެއް)

3- ފަރުދީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާ (3ފަރާތެއް)

4- ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚިދުމަތް ދިނުމަށް މަސައްކަތްކުރާ އަމިއްލަ ޖަމްޢިއްޔާ (1 ފަރާތެއް)

5- ފަންނީ ގޮތުން ނުކުޅެދުންތެރިކަމަށް މަސައްކަތްކުރާ ފަރާތްތައް (2 ފަރާތެއް)

6- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތައް (2 ފަރާތެއް)

7- ރާއްޖެއަށް އެކި ގޮތްގޮތުން ރީތި ނަން ހޯދައިދޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް

މި ދާއިރާތަކުން މިއެވޯޑަށް ކުރިމަތިލެއްވުމުގެ ގޮތުން އަމިއްލައަށް ނަން ހުށަހެޅުމުގެ ފުރުޞަތާއި، އެހެން ފަރާތަކުން ނަން ހުށަހެޅުމުގެ (ނޮމިނޭޓް) ކުރުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލެވިފައެވެ.

އެވޯޑް ދެވޭ ފަރާތްތައް ހޮވުމަށް ހަމަޖެހިފައިވަނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ހިމާޔަތްކުރާ ކައުންސިލްގެ ފަރާތުން އެކުލަވާލާ ކޮމިޓީއަކުންނެވެ.

މިކަމަށް އެދި ހުށަހަޅާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި:

  • އެޕްލިކޭޝަން ފޯމު
  • ވަނަވަރު އަންގައިދޭ ލިޔުމެއް ނުވަތަ އޯޑިއޯއެއް
  • ސަޕޯޓިންގ ޑޮކިއުމަންޓްސް
  • އެވޯޑަށް އެހެން ފަރާތުގެ ނަން ހުށަހަޅުއްވާނަމަ، ހުށަހަޅުއްވާ ފަރާތުގެ ސިޓީ އަދި އައި.ޑީ ކާޑުގެ ކޮޕީ
  • ނުކުޅެދުންތެރިކަން ހުރި ފަރާތުގެ އައިޑީ ކާޑުގެ ކޮޕީ
  • މިނޫންވެސް އެހެނިހެން ލިޔެކިޔުންތައް

އިނާމު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ޝަރުޠުތައް އެކުލެވޭ ލިޔުމާއި އެޕްލިކޭޝަން ފޯމު މިނިސްޓްރީ އޮފް ހެލްތް އެންޑް ޖެންޑަރގެ ހުރަވީ ބިލްޑިންގެ 1 ވަނަ ފަންގިފިލާއިން ލިބިވަޑައިގަންނަވާނެއެވެ. އަދި މިއިޢުލާނުގެ އޯޑިއޯ އެދި މިނިސްޓްރީ ހެލްތު އެންޑް ޖެންޑަރުގެ ނަންބަރު: 3013017 ފޯނާއި ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިއޯޑިއޯ މިނިސްޓްރީގެ ވެބްސައިޓުންވެސް ލިބިވަޑައިގަންނަވާނެއެވެ.

މިއެވޯޑަށް ކުރިމަތި ލުމުގެ އެންމެ ފަހުތާރީޚަކީ 12 ޖޫން 2014 ވާ ބުރާސްފަތި ދުވަހުގައެވެ.

28 މޭ 2014
ހޯދާ