މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޯންޗް '' ރަންފަރު '' ސިޓީލާ ނީލަމުގައި ވިއްކާލުމަށް

މިކައުންސިލް އިދާރާގެ ލޯންޗް ''ރަންފަރު '' ސިޓީލާ ނީލަމުގައި ވިއްކާލުމަށް ކުރެވުނު ނަންބަރު (IUL)232-AG/232/2013/19  (13 އޯގަސްޓް 2013) އިޢުލާނަށް އެއްވެސް ފަރާތަކުން އަގު ހުށަހަޅުއްވާފައި ނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރުމަށް ހަމަޖެހިފައިވާތީ، އެ ލޯންޗާބެހޭ މަޢުލޫމާތު ތިރީގައި އެ ވަނީއެވެ.

ލޯންޗާބެހޭ މަޢުލޫމާތު

  • ލޯންޗްގެ ވެރިފަރާތް: މާލެއަތޮޅު ކައުންސިލްގެ އިދާރާ
  • ލޯންޗްގެ ރަޖިސްޓަރީ ނަންބަރ: G4502A-02-04-H
  • ލޯންޗްގެ ދިގުމިން: 10.970 މީޓަރ
  • ފުޅާމިން: 2.990 މީޓަރ
  • ޖާގައިގެ ޢަދަދު: 18 މީހުން
  • އިންވެންޓްރީ ނަންބަރ: 232-2012-05-01-01
  • ރަޖިސްޓަރީ ކުރި ތާރީޚު: 09 އޮކްޓޫބަރ 2001
  • ފެށޭއަގު: 300,000.00 ރުފިޔާ (ތިންލައްކަ ރުފިޔާ)
  • ފެށޭ ތާރީޚު: 2014 ޖޫން 01 ވަނަ ދުވަހުން ފެށިގެން
  • އިތުރު ކުރެވޭނީ މަދުވެގެން 10،000.00 ރުފިޔާ (ދިހަހާސް ރުފިޔާ)

މުއްދަތު ޖެހިޖެހިގެން 3 ދުވަހު އެއްއަގެއް އޮވެއްޖެނަމަ އެ އަގެއް ހުށަހެޅި ފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ. ނީލަމުގެ އެންމެފަހުގެ އަގު މިއިދާރާގެ ނޯޓިސްބޯޑުގައި ކޮންމެ ދުވަހެއްގެ 14:30 ގެ ފަހުން ފެންނަން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6644234 ނަންބަރަށް ގުޅުއްވުން އެދެމެވެ.

27 ރަޖަބު 1435

 

26 މޭ 2014
ހޯދާ