ދިވެހިރާއްޖެ
އިޢުލާން
ނަންބަރު:MNU-CA-FM/2020/31
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ފެކަލްޓީ އޮފް އިންޖިނިއަރިން ސައިންސް އެންޑް ޓެކްނޮލޮޖީގެ އިމާރާތު ދެކުނުފަރާތު ހުސްޖާގައިގަ ދަގަނޑު ހޮލޯ ބޮކްސް ފަތިން ފްރޭމްތަކެއް ހަދައި ކްލައިޑިން ޝީޓް ޖެހުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ފެކަލްޓީ އޮފް އިންޖިނިއަރިން ސައިންސް އެންޑް ޓެކްނޮލޮޖީގެ އިމާރާތު ދެކުނުފަރާތު ހުސްޖާގައިގަ ދަގަނޑު ހޮލޯ ބޮކްސް ފަތިން ފްރޭމްތަކެއް ހަދައި ކްލައިޑިން ޝީޓް ޖެހުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު އިޢުލާން ނަންބަރ: MNU-CA-FM/2020/22 (13 ސެޕްޓެމްބަރ 2020 ) އިން ހުށަހެޅި އަންދާސީ ހިސާބުތަކުގެ އަގުތައް ބޮޑުކަމަށް ފެންނާތީ މިޢިއުލާން ބާތިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ އެމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބީލަން ހުށައެޅުމަށް ފުރުސަތު ހުޅުވާލަމެވެ.
މަސައްކަތާ ގުޅޭ މަޢުލޫމާތު ދިނުން
މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުން އޮންނާނީ 29 ސެޕްޓެމްބަރ 2020 ވާ ދުވަހުގެ ހެނދުނު 11:30 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އިންޖިނިއަރިން ސައިންސް އެންޑް ޓެކްނޮލޮޖީއަށް މި ގަޑިއަށް ވަޑައިގަންނަވާ ފަރާތްތަކަށެވެ.
ބީލަން ބަލައިގަތުން
ބީލަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ 6 އޮކްޓޯބަރ 2020 ވާ ދުވަހު 11:30 ގައި ދިވެހިރާއްރޭއްގެ ގައުމީ ޔުނިވަސިޓީގެ އިދާރީ މަރުކަޒު، ރައްދެބައިހިނގުން، މާލެ ގައެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.
ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް ކަމުގައިވާންވާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރުން
މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، ގުޅުޅުއްވާނީ.
- 3345192 ،3345134
އީ-މެއިލް ކުރައްވާނީ ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ، އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.
- އީމެއިލް އެޑްރެސް :[email protected]
ނޯޓް:
ބީލަމާއެކު ހުށަހަޅާ އަގުބަޔާންކުރާ ޝީޓު ނުވަތަ ކޯޓޭޝަންގައި ބީލަންހުށަހަޅާ ފަރާތުގެ ސޮޔާއި ކުންފުންޏެއްނަމަ، ކުންފުނީގެ ތައްގަނޑުޖަހާފައި ހުންނަވާނެއެވެ. މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ޔުނިވަރސިޓީ އަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މި ޔުނިވަރސިޓީ އަށް ލިބިގެންވެއެވެ.
25 ސެޕްޓެމްބަރ 2020