ދިވެހިރާއްޖެ
ނަންބަރު:IUL)297/297/2020/31)
އިޢުލާން
ވެލިދޫ ކައުންސިލް އިދާރާގެ ކަރަންޓް ވަޔަރިންގ މަރާމާތުކުރުމަށް ބޭނުންވާތީ މިކަން އާންމުކޮށް އަންގާ އިއުލާންކުރަމެވެ.
މިމަސައްކަތަށް އެދި ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/18) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/19) ގެ ދަށުން ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ މިއިދާރާއިންދޭ މަޢުލޫމާތާއެއްގޮތަށް އަމިއްލަ ތަކެތީގައި މިމަސައްކަތްކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 17 އޮގަސްޓް 2020 ވާ ހޯމަދުވަހުގެ 10:30 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 25 އޮގަސްޓް 2020 ވާ ހޯމަދުވަހުގެ 10:30 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރުމަށް ހާޒިރުވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭކާޑު ގެންނަވަންވާނެއެވެ.
މިހެންވެ މިކަން އާންމުކޮށް އަންގާ އިއުލާން ކުރީމެވެ.
މާކްސްދެވޭ ކްރައިޓީރިއާ |
މާކްސް ދެވޭ ގޮތް |
ތަފުސީލު |
ފޯމިއުލާ |
އަގު |
10% |
|
(Benchmark Price / Submitted Price) x Allocated Percentage |
ތަޖުރިބާ |
10% |
|
( Submitted years of experience / Benchmark years ) x Allocated Percentage |
މުއްދަތު |
10% |
|
(Benchmark Delivery Period / Submitted Delivery Period) x Allocated Percentage |
13 އޮގަސްޓް 2020